ހައްޖަށް ދާން އެއްކުރި 300،000 ރުފިޔާ ވަގަށް ނަގައިފި

ފ. ދަނރަބޫދޫ---

ފ. ދަނރަބޫ މީހަކު ހައްޖަށް ދިއުމަށް އެއްކޮށްފައިވާ 300،000 ރުފިޔާ ވަގަށް ނެގި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފައިސާތައް ގެއްލުނު އާއިލާގެ މީހެއް "ސަން" އަށް މައުލޫމާތު ދެމުން ބުނީީ އެ ފައިސާއަކީ އެ އާއިލާގެ މީހެއްގެ މަންމަ އާއި ބައްޕަ އަދި އިތުރު މީހަކު ހައްޖަށް ދާން އެއްކުރި ފައިސާ ކަމަށެެވެ.

"މީގެ ދެ ދުވަސްކުރިން އެންމެ ފުރަތަމަ ފައިސާ މަދުވިކަން އެނގުނީ. ދެން އިއްޔެ ބެލި އިރު ރަން ފަށެއް މަދުވެގެން ބެލިބެލުމުން އެނގުނީ ފައިސާތައް ގެއްލުނުކަން." ދަރަނބޫދޫން ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލްް "ސަން" އަށް ވިދާޅުވީ އެފަދަ މައްސަލައެއް އިއްޔެ 14:03ގައި ހުށަހަޅާފައިވާ ކަމަށެވެ. އަދި ގެއްލުނު ފައިސާއަކީ ހައްޖަށް ދާން އެއްކޮށްފައިވާ ފައިސާކަން ވެސް ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި އަދި މީހަކު ހައްޔަރުނުކުރާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ތަހުގީގް ކުރުމުންދާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް