"ދަ ވޮއިސް"ޝޯ އެޑަމް ދޫކޮށްލައިފި

އެޑަމް ލެވިން "ދަ ވޮއިސް" ޝޯ ދޫކޮށްލަން ވަނީ ނިންމާފައި--

އެންބީސީގެ މަޝްހޫރު ރިއަލިޓީ ޝޯ "ދަ ވޮއިސް"ގެ ކޯޗު އެޑަމް ލެވިން އެ ޝޯ ދޫކޮށްލައިފި އެވެ.

ފާއިތުވި 16 ސީޒަނުގައި ކޯޗުކަން ކުރި އެޑަމް އެ ޝޯ ދޫކޮށްލިކަން ހާމަކޮށްފައި ވަނީ އޭނާގެ ރަސްމީ ޓްވިޓާ އެކައުންޓްގަ އެވެ. ޝޯ ދޫކޮށްލާ ޓްވީޓްކުރަމުން އެޑަމް ބުނީ އޭނާ އާއެކީ މަސައްކަތްކުރި ހުރިހާ އެންމެންނަށް ޝުކުރު އަދާކުރާ ކަމަށެވެ.

"މީގެ އަށް އަހަރު ކުރިން މާކް ބާނެޓް ދިން ފުރުސަތެއް މިއީ. އޭނާ އަހަރެއް ލައްވައި އެއްބަސްކުރުވީ ޝޯގެ ރަތް ގޮނޑީގައި އިންނަން. އެކަމަށް އަހަރެން އޭނާއަށް ޝުކުރުއަދާކުރަން،"

އެޑަމް އެޝޯ ދޫކޮށްލުމާ އެކު އޭނާގެ ބަދަލުގައި "ދަ ވޮއިސް"ގެ ހަތަރު ވަނަ ކޯޗުގެ ގޮނޑީގައި އިންނާނީ ގްވެން ސްޓެފެނީ އެވެ.

އެ ޝޯގެ ކޯޗުންނަކީ ޖޯން ލެޖެންޑް، ކެލީ ކްލާކްސަން އަދި ބްލޭކް ޝެލްޓަން އެވެ.

"ދަ ވޮއިސް" އަކީ 2011 ގައި ގެނެސްދޭން ފެށި ޝޯ އެކެވެ.

comment ކޮމެންޓް