އުރީދޫ ބަދިގެ: ހޮޓް ސޯސް ސީޒާ ސެލެޑް

ފަހަކަށް އައިސް އަހަރެމެން ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ އެންމެ ބޮޑު އެއްބަދަލަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ލޯބިކުރުމެވެ. ކެއިން ބުއިމާއި، ކަސްރަތުކުރުމާއި، ސިއްޚަތަށް ގެއްލުންހުރި އާދަތަކުން ދުރުވުމަކީ މީގެ ތެރެއިން ބައެއްކަންކަމެވެ. މިގޮތުން ކެއުމަށްބަލާއިރު ސެލެޑްތަކަކީ ރޯދަމަހުވެސް ވަކީން ހާއްސަކޮށް އަހަރެމެން ކޮންމެހެންވެސް ތައްޔާރުކޮށް އަޖުމަ ބަލާލަން ބޭނުންވާ އެކައްޗެވެ.

މިއަދު އުރީދޫ ބަދިގޭގައި، ތޫތަ ތައްޔާރުކޮށްލަނީ ހޯޓް ސޯސް ސީޒަރ ސެލެޑް އެކެވެ. ރަހަމީރު މި ސެލެޑަކީ ރޯދަވީއްލާ ވަގުތަށް ނުވަތަ ހާރަށްވެސް އެންމެ ކަމުދާނެ އެކައްޗެވެ. އެމީހަކަށް ކަމުދާނޭ ގޮތަކަށް މި ރެސިޕީއަށް އުނިއިތުރު ގެނައުން ހަމަ ރަނގަޅުވާނެ އެވެ.

ބޭނުންވާ ތަކެތި

ޓޯސްޓަށް:-

  • 2 މޭޒުމަތީ ސަމްސާ އޮލިވް އޮއިލް
  • 4 ލޮނުމެދު (ޗަސްކޮށްފައި)
  • 1/4 ސައިސަމްސާ މުގުރި މިރުސް (ރާޅުކޮށް)
  • 1/2 ސައިސަމްސާ ލޮނު
  • 1/4 ސައިސަމްސާ އަސޭމިރުސް
  • 12 ބަގެޓް ބަން ސްލައިސްކޮޅު

ހޮޓް ސޯސް ޑްރެސިން އަށް :-

  • 1 ޖޯޑު މެޔޮނައިޒް
  • 4 ލޮނުމެދު (ޗަސްކޮށްފައި)
  • 1 1/2 ޖޯޑު ޕާރމޭޒަން ޗީޒް (ގާނާފައި)
  • 2 މޭޒުމަތީ ސަމްސާ ލުބޯ ހުތް 1 މޭޒުމަތީ ސަމްސާ ހޮޓް ސޯސް (ބޭނުންނަމަ އިތުރުކޮށްލާ )
  • 1 1/2 ޑިޖޯން މަސްޓަޑްް
  • 1 ސައިސަމްސާ ވޮސްޓެޝާ ސޯސް
  • 1/4 ސައިސަމްސާ ލޮނު
  • 1/4 ސައިސަމްސާ އަސޭމިރުސް

ސެލެޑަށް:-

  • 8 ޖޯޑު ރޯމަން ލެޓިއުސް ފަތް
  • 1 ޖޯޑު ޗެރީ ޓޮމާޓޯ (ފަޅާފައި)
  • 1/4 ޖޯޑު ޕާރމޭޒަން ޗީޒް
  • ލޮނު އަދި އަސޭމިރުސް

ތައްޔާރު ކުރާނެ ގޮތް

އެންމެ ފުރަތަމަ ތޯސްޓު ތައްޔާރުކުރުމަށްޓަކައި 180 ޑިގްރީސް އަށް އަވަން ޕްރީ ހީޓް ކޮށްލާށެވެ. އެއަށްފަހު ބޭކީން ޓްރޭއެއް ފޮއިލްއާއި އެކު ތައްޔާރުކޮށްލާށެވެ. އެއަށްފަހު ކުޑަ ތަށްޓެއްގައި ތެޔޮ، ލިނުމެދު، މިރުސްކޮޅު އަދި ލޮނާޢި އަސޭމިރުސް މިކްސްކޮށްލާށެވެ. އެއަށްފަހު ޓްރޭގައި ބަގެޓް ސްލައިސްތައް އަތުރާލުމަށްފަހު މި މިކްސް ހާކާލާށެވެ. ގާތްގަނޑަކަށް 11 ނުވަތަ 12 މިނިޓް ހަމައެކަނި ސްލައިސްތައް ބްރައުންވެ މުރަނަ ވަންދެން ފިހެލާށެވެ.

އެއަށްފަހު ޑްރެސިން ހެދުމަށްޓަކައި ބްލެންޑާ އެއްގައި ސެލެޑް ޑްރެސިންއަށް ބޭނުންވާ ހުރިހާ އިންގްރިޑިއަންޓެއް އެއްކޮށް އޮމާންވަންދެން ބްލެންޑް ކޮށްލާށެވެ.

ދެން އޮންނާނީ ސެލެޑް އެސެމްބަލް ކޮށްލުމެވެ. މިކަން ކުރުމަށްޓަކައި ލެޓިއުސް އާއި ޓޮމާޓޯ ބޮޑު ތައްޓަކަށް އަޅާލާށެވެ. އަދި ސެލެޑް ޑްރެސިން އަޅާލުމަށްފަހު ޓޯސްޓްތައް އަތުރާލާށެވެ. އެއަށްފަހު މައްޗަށް ޕާމޭޒަން ޗީޒްތައް އަޅާލާށެވެ. ހަނދާންކޮށް ސޯލްޓް އެންޑް ޕެޕާކޮޅެއް މައްޗަށް އަޅާލަން ވާނެ އެވެ.

comment ކޮމެންޓް