އައިޖީއެމްއެޗްގެ އޭސީތައް މަރާމާތަށް ފަހު ޓެސްޓް ކުރަން ފަށައިފި

އައިޖީއެމްއެޗް: އެ ހޮސްޕިޓަލުގެ އޭސީތައް މިހާރު ދަނީ ޓެސްޓް ކުރަމުން -- ސަން ފައިލް ފޮޓޯ

ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލު، އައިޖީއެމްއެޗްގެ އެމެޖެންސީ ރޫމް (އީއާރު) ގެ ސެންޓްރަލް އޭސީ މަރާމާތުކުރުމަށް ފަހު މިހާރު ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

އައިޖީއެމްއެޗްގެ އީއާރުގެ ސެންޓްރަލް އޭސީ ސިސްޓަމަށް މަައްސަލައެއް ދިމާވެފައިވާތީ އެސީތައް މަރާމާތުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ހޮސްޕިޓަލުން މީގެ ކުރިން ވަނީ ބުނެފައެވެ. އަދި ދެފަހަރެއްގެ މަތިން އެސީތައް މަރާމާތު ކުރެވޭނެ ތަރީހެއްވެސް ދިނެވެ.

އެންމެ ފަހުން އެ ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި އޭސީތައް މަރާމާތުކޮށް ނިމޭނީ މަމަހުގެ ފަހު ކޮޅަށެވެ.

https://sun.mv/119197

އައިޖީއެމްޗްގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ، އޭސީތައް މަރާމާތު ކުރުމަށް ފަހު މިހާރު ޓެސްޓް ކުރަމުން ގެންދާ ކަމަށެވެ. އަދި އެއްކޮށް އޭސީތައް ބޭނުން ކުރެވޭނެ ތާރީހެއް ދަންނަވަން ދަތި ކަމަށް އޭނާ ވިދާޅުވި އެވެ.

"ކަރަންޓްދީ، ޓެސްޓް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން ދަނީ. ވަރަށް އަވަހަށް އޭސީތައް ބޭނުން ކުރެވޭނަރު ވާނެ،" އޭނާ ވިދާޅުވި އެވެ،

އޭނާ ވިދާޅުވީ، އޭސީ ހަލާކުވެފައި ހުރުމުން އީއާރު އިން ދެމުން އައި ހިދުމަތްތައް މެދުކަނޑާ ނުލާ ކަމަށާއި އީއާރު ރޫމް ކުރީގެ ފިސިއޯތެރަޕީ ރޫމަށް ބަދަލުކޮށް އަދިވެސް ހިދުމަތް ދެމުން ގެންދާ ކަމަށެވެ.

https://sun.mv/118973

އައިޖީއެމްއެޗް އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި އޭސީތައް މަރާމާތު ކުރުމުގައި ލަސްތަކެއްވީ، ބޭނުންވާ ތާރީހުގައި ބޭރުން ގެންނަން ބޭނުންވި ސްޕެއާތައް ނުލިބުމުން ކަމަށެވެ.

އައިޖީއެމްއެޗް މި ސަރުކާރަށް ނުބެލެހެއްޓި ހޮސްޕިޓަލުންދޭ ހިދުމަތްތަކުގެ ފެންވަރު ދައްވަމުންދާ ކަމަށް ބުނެ އިދިކޮޅު މައި ޕާޓީ، ޕީޕީއެމް އިން ވެސް ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައެވެ.

comment ކޮމެންޓް