ހޮސްޕިޓަލިޓީ ދާއިރާގައި 622 މިލިއަން ޑޮލަރުގެ މުއާމަލާތް ހިނގާނެ

ކޮންރަޑް މޯލްޑިވްސް --

ރާއްޖޭގެ ހޮސްޕިޓަލިޓީ ދާއިރާގައި މިއަހަރު 622 މިލިއަން ޑޮލަރުގެ މުއާމަލާތް ހިނގާނެ ކަމަށް ރާއްޖޭގައި ހޮސްޕިޓަލިޓީ ދާއިރާގެ ޕްރޮޕަޓީތައް ވިއްކުމުގައި ބްރޯކަރެއްގެ ރޯލު އަދާކުރާ ޖޭއެލްއެލް އިން ބުނެފިއެވެ.

ޖޭއެލްއެލް މެދުވެރިއަކަށް ވެގެން ބ.އަތޮޅުގައި ހިންގާ ފިނޮޅު ރިސޯޓު ޖަރުމަނުގެ ކުންފުންޏަކަށް ދާދިފަހުން ވަނީ ވިއްކާލައިފައެވެ. އެކުންފުނިން މީގެ ކުރިން ބްރޯކަރެއްގެ ރޯލު އަދާކޮށްފައިވަނީ ރާއްޖޭގެ ޓޫރިސްޓް ރިސޯޓުތައް އޭޝިއާގެ ކުންފުނިތަކަށް ވިއްކުމަށެވެ.

ޖޭއެލްއެލް އިން ބުނެފައިވަނީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އޭޝިއާގެ އިންވެސްޓަރުން މީގެ ކުރިން ގިނަ ކަމަށާއި، މިހާރު ޔޫރަޕާއި އެމެރިކާގެ އިންވެސްޓަރުން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި އިންވެސްޓުކުރަމުންދާ ކަމަށެވެ.

ޖޭއެލްއެލް ހޮޓެލް އެންޑް ހޮސްޕިޓަލިޓީ ގްރޫޕުގެ ޗެއާމަން ޗާލީ މެކްލްޑޮވީ ވިދާޅުވީ ކުރިއަށް އޮތް ނުވަ މަސް ނުވަތަ 12 މަސް ތެރޭ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޔޫރަޕާއި އެމެރިކާގެ އިންވެސްޓަރުން ގިނަވާތަން ފެންނާނެ ކަމަށެވެ.

މިއަހަރުގެ މިހާތަނަށް ޖޭއެލްއެލް އިން ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ބޮޑު ދެ މުއާމަލާތެއް ހިންގުމުގައި މެދުވެރިއަކަށްވެފައެވެ. އެއީ ކޮންރެޑް މޯލްޑިވްސް ރަންގަލި ރިސޯޓު އެމެރިކާގެ ބްލެކްސްޓޯނަށް ވިއްކާލި މުއާމަލާތާއި ފިނޮޅު ރިސޯޓު ޖަރުމަނު ކުންފުންޏަކަށް ވިއްކާލި މުއާމަލާތެވެ. މި ދެމުއާމަލާތުގެ އަގު 1.1 ބިލިއަނަށް އަރައެވެ.

comment ކޮމެންޓް