ދިރާގުން މާލޭގެ ޕާކުތަކުގައި ވައިފައި ހޮޓްސްޕޮޓުތައް ގާއިމްކޮށްފި

ދިރާގުން އާންމުން އެއްވެ އުޅޭ ތަންތަނުގައި ވައިފައި ހޮޓް ސްޕޮޓު ގާއިމް ކުރުން -- ސަން ފޮޓޯ: ފަޔާޒު މޫސާ

ދިރާގުގެ ޑިޖިޓަލް ރާއްޖެ އިނިޝިއޭޓިވްގެ ދަށުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ޕާކުތަކާއި އާންމުން އެއްވެ އުޅޭ ތަންތަނުގައި ވައިފައި ހޮޓް ސްޕޮޓު ގާއިމް ކުރުމަށް މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތުގެ ދަށުން މިއަދު ވަނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ޕާކުތަކުގައި ވައިފައި ހޮޓްސްޕޮޓުތައް ގާއިމްކޮށް އެ ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްފައެވެ. ހިދުމަތް އިފްތިތާހުކޮށްދެއްވީ ރަސްރަނި ބަގީޗާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދާއި މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ސިފާ މުހައްމަދެވެ.

ދިރާގުން ންމުން އެއްވެ އުޅޭ ތަންތަނުގައި ވައިފައި ހޮޓް ސްޕޮޓު ގާއިމް ކުރުން -- ސަން ފޮޓޯ: ފަޔާޒު މޫސާ

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ އިންޓަނެޓުގެ ހިދުމަތް ވީހާވެސް ފަސޭހައިން ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށާއި ދިރާގުން ދޭ އިންޓަނެޓުގެ ހިދުމަތުގެ ކޮލެޓީ ރަނގަޅު ކުރަން އަބަދުވެސް މަސައްކަތް ކުރާ ކަމަށެވެ.

ދިރާގުން ންމުން އެއްވެ އުޅޭ ތަންތަނުގައި ވައިފައި ހޮޓް ސްޕޮޓު ގާއިމް ކުރުން -- ސަން ފޮޓޯ: ފަޔާޒު މޫސާ

"ކުރެވެމުންދާ މަސައްކަތަކީ އިންޓަނެޓުގެ ހިދުމަތް ވީހާވެސް ފަސޭހަކޮށް، ކޮންމެ ތަނެއްގައި ހުރެގެންވެސް، ކޮންމެ ރަށެއްގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ލިބޭނެ ގޮތް ހަދައިދިނުން،" އިސްމާއިލް ވިދާޅުވީ ޕާކުތަކާއި އާންމުން ގިނައިން އެއްވެ އުޅޭތަންތަން ފާހަގަކޮށް، ހޮޓްސްޕޮޓުތައް ގާއިމް ކުރުމުން ގިނަ ބަޔަކަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.

އިންޓަނެޓަކީ މިހާރު ޒަރޫރީ ހިދުމަތަކަށް ވެފައިވާ ކަމަށާއި، ދިރާގުން މަސައްކަތް ކުރަނީ ވަސޭހައިން މީހުންނަށް އިންޓަނެޓުގެ ހިދުމަތް ލިބެނެ ގޮތް ހަދައިދިނުމަށް ކަމަށެވެ. މި ހިދުމަތް ފޯރުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލުގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބުނުކަން އިސްމާއިލް ފާހަގަކުރެއްވިއެވެ.

ދިރާގުން ންމުން އެއްވެ އުޅޭ ތަންތަނުގައި ވައިފައި ހޮޓް ސްޕޮޓު ގާއިމް ކުރުން -- ސަން ފޮޓޯ: ފަޔާޒު މޫސާ

މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ސިފާ މުހައްމަދު ވިދާޅުވީ އިންޓަނެޓާ ނުލާ މިހާރު އުޅެވެން ނެތް ކަމަށާއި އެއީ އެންމެން ބޭނުންވާ ޒަރޫރީ ހިދުމަތެއް ކަމަށެވެ. އިންޓަނެޓު ހޮޓްސްޕޮޓުތައް މާލޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކުރާއިރު، އޭގެބޭނުން އެންމެ އެދެވޭގޮތުގައި ހިފުމަށް ސިފާ ވަނީ އިލްތިމާސް ކުރައްވައިފައެވެ.

ދިރާގުން ންމުން އެއްވެ އުޅޭ ތަންތަނުގައި ވައިފައި ހޮޓް ސްޕޮޓު ގާއިމް ކުރުން -- ސަން ފޮޓޯ: ފަޔާޒު މޫސާ

ދިރާގުން މިއަދު ތައާރަފު ކުރި ވައިފައި ހޮޓްސްޕޮޓު ހިދުމަތާއެކު، އެ ހިދުމަތް ލިބޭކަން އަންގައިދޭ ބޯޑު ހަރުކޮށްފައި ހުންނަ ސަރަހައްދުތަކުން 30 މިނެޓަށް ހިލޭ ވައިފައި ހިދުމަތް ލިބޭނެ ކަމަށެވެ. 100 އެމްބީގެ ހިދުމަތް ހަމަވުމުން، އިތުުރު އެޑްއޮން ނެގުމުގެ ފުރުސަތު ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގު ވައިފައި ހޮޓްސްޕޮޓަށް ކަނެޓްކުރުމުން ލޮގްއިން ޕޭޖު ފެންނާނެއެވެ. މޯބައިލް ނަންބަރު ޖެހުމުން ފޯނަށް އަންނަ އޯޓީޕީ އެންޓާ ކުރުމުން 30 މިނެޓުގެ ހިލޭ ވައިފައި ލިބޭނެއެވެ.

ދިރާގުން ވަނީ އެކުންފުނީގެ ޑިޖިޓަލް ރާއްޖެ އިނިޝިއޭޓިވްގެ ދަށުން ރާއްޖޭގެ 75 ޕަސެންޓަށް ފައިބާ ބްރޯޑުބޭންޑުގެ ހިދުމަތް ތައާރަފް ކޮށްފައެވެ.

comment ކޮމެންޓް