މުފްތީ މެންކްގެ ބޭބެ ދަރުސް ދޭން ރާއްޖެ ވަޑައިގެންފި

ޝައިހް އިބްރާހިމް މެންކް ދީނީ ދަރުސްގެ ޕޯސްޓަރެއް---

ޒިމްބާބްވޭގެ މަޝްހޫރު ދާއީ މުފްތީ އިސްމާއިލް މެންކް އަށް ބޮޑުބޭބެ ވިދާޅުވާ ޝައިހް އިބްރާހިމް މެންކް ދީނީ ދަރުސް ދެއްވަން ރާއްޖެ ވަޑައިގެންފިއެވެ.

ޝެއިޙް އިބްރާހިމް މެންކް އަކީ ސަޢުދިއަރަބިއްޔާގެ މަދީނާ ޔުނިވަރސިޓިގެ ގްރެޖުއޭޓެކެވެ. އެބޭފުޅާ ދާއީއެއްގެ ގޮތުގައި މިހާރުވަނީ އެކި ގައުމުތަކަށް ދަރުތުކުރަން ފަށާފައެވެ. އެގޮތުން އިންގްލަންޑް، ސައުތު އެފްރިކާ، ޑުބާއީ، ނައިޖީރިއާ އަދި މެލޭޝިއާ ފަދަ ގައުމުތަކަށް ވަނީ ދަތުރުކުރައްވާފައެވެ

"ދަ ލޯޑް އޮފް ދަ ވޯރލްޑްސް" ސިލްސިލާ ދަރުސްތަކަށް ޝެއިޙް އިބްރާހިމް މެންކް ރާއްޖެ ގެނައުމުގައި އުޅުނީ އަލް އަސްރު ގްރޫޕްގެ ފަރާތުންނެވެ. މިއީ އޭނާ ރާއްޖެ ވަޑައިގަންނެވި ފުަރަތަމަ ފަހަރެވެ.

އައެ ދަރުސްތަށް ރޭވިފައިވަނީ މި ރަމަޟާން މަހުގެ ފަހު ދިހައެއްގައި ނޫރު މިސްކިތުގައި ޢަސްރު ނަމާދަށްފަހު ކަމަށް އަލް އަސްރު ގްރޫޕުން ބުންޏެވެ.

"ދަ ލޯޑް އޮފް ދަ ވޯރލްޑްސް" އަކީ ޙާއްސަކޮށް ޒުވާނުންނާއި ގުޅޭގޮތަށް އިނގިރޭސި ބަހުން ގެންދިއުމަށް ރޭވިފައިވާ ދަރުސްތަކެކެވެ.

އެ ދަރުސްތައް އަލް ޢަސްރުގެ ފޭސްބުކް ޕޭޖުން ލައިވް ކުރުމާއި ވީޓީވީއިން ދެއްކުމަށް ވަނީ ހަމަޖެހިފައިވާ ކަމަށާއި އަދި އެހެން މީޑިއާ ޗެނަލް ތަކަށްވެސް މި ދަރުސްތައް ލައިވް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައިވާ ކަމަށް އަލް އަސްރު ގްރޫޕުން ބުންޏެވެ.

comment ކޮމެންޓް