އުރީދޫ ބަދިގެ: ހެސެލްބެކް ޕޮޓޭޓޯސް

އަބަދުވެސް ތަފާތު އަދި އުނދަގޫ ބާވަތްތަކުގެ ކާ އެއްޗެހި ތައްޔާރުކުރާ ހިތްވާ ތޫތަ (ފޮނިތޮށިއެމްވީ އޯނާރ) މިއަދު މި ތައްޔާރުކޮށްލަނީ ހެސެލްބެކް ޕޮޓޭޓޯސް އެވެ. މީގެ ކުރިން އޭނާގެ އިންސްޓަގްރާމް ސްޓޯރީއިންވެސް ގިނަބަޔެއްގެ ސަމާލުކަން ހޯދި މި ޑިޝްގެ ރެސިޕީއަކަށް ބޭނުންވެފައި ތިބި ގިނަ ބަޔަކަށް މިއީ ގައިމުވެސް ރަނގަޅު ހަދިޔާއަކަށް ވާނެ އެވެ.

ބޭނުންވާ ތަކެތި:-

  • 4 އަލުވި
  • 6 މޭޒުމަތީ ސަމްސާ ބަޓަރު (ދިޔާކޮށްފައި)
  • 1/3 ޖޯޑު އޮލިވް އޮއިލް
  • 2 މޭޒުމަތީ ސަމްސާ ތައިމް (ފްރެޝްކޮށް ކޮށާފައި)
  • 1 1/2 ސައި ސަމްސާ ލޮނު
  • 1/2 ސައިސަމްސާ އަސޭމިރުސް
  • 1/4 ޕާރމޭޒަން ޗީޒް (ގާނާފައި)
  • ޗޮޕްސްޓިކްސް

ތައްޔާރުކުރާނެ ގޮތް

މި ޑިޝް ތައްޔާރުކުރަން ފަށަމުން 400 ޑިގްރީއަށް އަވަން ޕްރީހީޓްކުރަން ޖައްސާލާށެވެ. އެއަށްފަހު އަލުވިއެއް ނަގާ ކަޓިންބޯޑު މަތީ ބާއްވާލުމަށްފަހު ދެ އަރިމަތީ ޗޮޕްސްޓިކްސް ބަހައްޓާށެވެ. ތޫނު ވަޅިއަކުން ވީޑިއޯގައި ފެންނަ ފަދައިން ކޮށާލާށެވެ. ޗޮޕްސްޓިކްސް ބޭނުންކުރާނީ މިން އެޅުމަށެވެ. ހަތަރު އަލުވިވެސް މިފަދައިން ކޮށާލުމަށްފަހު، އަލުވިތައް ބޭކިން ޝީޓެއްމަތީގައި ބާއްވާށެވެ.

ކުޑަ ތަށްޓެއްގައި ބަޓަރާއި ތެޔޮ އަދި ތައިމް މިކްސް ކޮށްލާށެވެ. ދެން މި މިކްސްގެ އެއްބައި އަލުވިތަކުގައި ހާކާލާށެވެ. އެއަށްފަހު ލޮނާއި އަސޭމިރުސް ހާކާލާށެވެ. އެއަށްފަހު އަލުވިތައް މަޑުވެލަންދެން ގާތްގަނޑަކަށް 30-35 މިނިޓްވަންދެން ފިހެލާށެވެ.

ފިހެ ނިމުމުން އަވަން އިން ނަގައި އަނެއްކާވެސް އެއްކަލަ ބަޓަރު މިކްސް ހާކާލާށެވެ. އެއަށްފަހު އަނެއްކާވެސް އަވަންގައި އިތުރު 30ހަކަށް މިނިޓް ފިހެލާށެވެ. މިފަހަރު ފިހެލުމުން ކްރިސްޕީވާނެއެވެ.

ދެވަނަ ފަހަރަށް ފިހެނިމުމުން އަލުވިތަކުގެ މައްޗަށް ޕާމޭޒަން ޗީޒްކޮޅެއް އަޅާލާށެވެ. ސާރވްކޮށްލަން ބޭކަން، ސަވާރ ކްރީމް އަދި ޝެލޮޓްސްވެސް ބޭނުންކުރެވިދާނެ އެވެ.

comment ކޮމެންޓް