މެލޭޝިޔާގައި ދިރިއުޅޭ ދިވެހި ކުދިންނަށް ހާއްސަކޮށް ގުރުއާން މުބާރާތެއް ބާއްވައިފި

މެލޭޝިޔާގައި ދިރިއުޅޭ ދިވެހި ކުދިންނަށް ހާއްސަކޮށް ބޭއްވި ގުރުއާން މުބާރާތުގެ ތެރެއިން---

މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ފަރާތުން ރަމަޟާން މަހު ބާއްވާ މޯލްޑިވްސް ރަމަޟާން ޤުރުއާން މުބާރާތުގެ ދެވަނަ މުބާރާތް މިއަދު ބާއްވައިފި އެވެ.

މެލޭޝިއާގައި ދިރިއުޅޭ ދިވެހި ކިޔަވާކުދިންގެ ތެރެއިން އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް ހުޅުވާލައިގެން ބޭއްވި އެ މުބާރާތުގައި 27 ކުދިން ބައިވެރިވި އެވެ.

ގުރުއާން މުބާރާތް ބަހާލެވުނީ ދެ ގޮތްޕަށެވެ. އެއީ ހިތުން ކިޔެވުމުގެ ގޮތްޕާއި ބަލައިގެން ކިޔެވުމުގެ ގޮތްޕެވެ. ބައިންނާއި ބަލައިގެން ކިޔެވުމުގެ ބައިން 4 ކެޓެގަރީއަކަށެވެ.

މެލޭޝިޔާގައި ދިރިއުޅޭ ދިވެހި ކުދިންނަށް ހާއްސަކޮށް ބޭއްވި ގުރުއާން މުބާރާތުގެ ތެރެއިން---

މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ އެމްބެސެޑައު އާނިޔާ އަބްދުލް ގަފޫރު ވިދާޅުވީ އެ މުބާރާތަކީ މެލޭޝިއާގައި ދިރިއުޅޭ ކުޑަކުދިންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް އޮންނަ ލޯބި އިތުރުކުރުމުގެ ނިޔަތުގައި މުބާރާތެއް ކަމަށެވެ.

އަދި މިއަހަރުގެ މުބާރާތުގައި މިދިޔަ އަހަރަށް ވުރެ ގިނަ ކުދިން ބައިވެރިވުމަކީ މި މުބާރާތަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މެލޭޝިޔާގައި ދިރިއުޅޭ ދިވެހި ކުދިންނަށް ހާއްސަކޮށް ބޭއްވި ގުރުއާން މުބާރާތުގެ ތެރެއިން---

އެއް ދުވަހުގެ މުއްދަތަކަށް ކުރިއަށް ދިޔަ އެ މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވާފައި ވަނީ މެލޭޝިޔާގައި ކުޑަކުދިންނަށް ޤުރުއާން ކިޔަވައިދެއްވުމުގައި ހަރަކާތްތެރިވި ދިވެހި ތިން އުސްތާޒުން ކަމުގައިވާ ގާރީ އަހްމަދު ރަޝީދު އަބްދުލް ގާދިރު، ޝެއިހް އަހްމަދު ޝަފީގު އިބްރާހީމް އަދި ގާރިއާ ހަދީޖާ ހަސަން މަނިކެވެ.

މެލޭޝިޔާގައި ދިރިއުޅޭ ދިވެހި ކުދިންނަށް ހާއްސަކޮށް ބޭއްވި ގުރުއާން މުބާރާތުގެ ތެރެއިން---

ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ އުމުރު ފުރާއިން ނުބަލާ ކިޔެވުމުގެ ބައިން އެއްވަނަ ހާސިލްކުރީ ޝާއިމް އިސްމާއިލް ޝަމީމެވެ. ދެވަނަ އަށް ގޮސްފައިވަނީ 10 އަހަރާއި 15 އަހަރާއި ދެމެދު އުމުރު ފުރާއިން ބަލައިގެން ކިޔެވުމުގެ ކެޓެގަރީގައި ބައިވެރިވި ފާތިމަތު އާލާ ޖަމްޝީދު އަލީއެވެ. އަދި ތިންވަނައަށް ގޮސްފައި ވަނީ ހަތް އަހަރާއި 10 އަހަރާއި ދެމެދު އުމުރު ފުރާއިން ނުބަލާ ކިޔެވުމުގެ ބައިން ބައިވެރިވި ޝަމާމް އިސްމާއިލް ޝަމީމެވެ.

comment ކޮމެންޓް