ބޭރުގެ ކޮޅުވެއްޓިއަކަށް ރުއް ބަރުކުރި މައްސަލަ ބަލަނީ

ގަމުން ބޭރުކުރާ ރުއްތައް -- ފޮޓޯ: ޓްވިޓާ

ރިސޯޓު ޕްރޮޖެކްޓަކަށް ދޫކޮށްފައިވާ ރާއްޖެއިން ބޭރުގެ ލޭންޑިން ކްރާފްޓެއް ނޫނީ ކޮޅުވެއްޓިއަކަށް ރާއްޖޭގެ ރަށަކުން ރުއް ބަރުކުރާ މައްސަލަ ކަސްޓަމްސް އިން ބަލަން ފަށައިފިއެވެ.

ކަސްޓަމްސް އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ރިސޯޓު ޕްރޮޖެކްޓަކަށް ދޫކޮށްފައިވާ ރާއްޖެއިން ބޭރުގެ ލޭންޑިން ކްރާފްޓަކަށް ލ.ގަމުން ރުއް ބަރުކުރާ ކަމުގެ މައުލޫމާތު އެ އިދާރާ އަށް ލިބިފައިވާ ކަމަށެވެ.

އެ މައްސަލަ ބެލިބެލުމުން އެނގުނު ގޮތުގައި އެ އުޅަނދަށް ރުއް ބަރުކުރަމުންދަނީ ގަމު ކައުންސިލުން ހުއްދަ ދީގެން ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ގަމުން ރުއް ނަގައިގެން ބޭރު ކުރާ މައްސަލާގައި އެރަށު ކައުންސިލްގެ ބަހެއް ނުލިބުނެވެ.

އެ މައްސަލަ އީޕީއޭ އާއި ގުޅިގެން ކަސްޓަމްސް އިން ދަނީ ބަލަމުންނެވެ.

ކަސްޓަމްސް އިން ބުނީ ރާއްޖެއިން ބޭރުން އަންނަ އުޅަނދުފަހަރު ކަސްޓަމްސްގެ ހުއްދަނެތި ބަނދަރުކުރުމާއި ގޮސް އައިސްވުމާއި އެ އުޅަނދުފަހަރަށް ތަކެތި އަރުވާ ބޭލުމަކީ ކަސްޓަމްސްގެ ގާނޫނާއި ގަވާއިދުގެ ދަށުން މަނާކަމެއް ކަމަށެވެ.

މީގެ އިތުރުން މާލެ ސަރަހައްދުން ވެލި ބަރުކޮށްގެން ހުވަދޫ އަތޮޅަށް ދަތުރުކުރަމުންދިޔަ ބޯޓެއްގެ މައްސަލަވެސް ކަސްޓަމްސް އިން ދަނީ ބަލަމުންނެވެ.

comment ކޮމެންޓް