ތޫމް ރެސްޓޯރެންޓުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

ތޫމް ގައި އަލިފާން ރޯވެފައި -- ސަން ފޮޓޯ

މަޖީދީމަގު ބޮޑުތަކުރުފާނުމަގު ކަންމައްޗަށް ވާގޮތަށް ހުންނަ ތޫމް ރެސްޓޯރެންޓުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފިއެވެ.

މިޑްލްސް އީސްޓް ކެއުންތަކަށް މަޝްހޫރު ތޫމް ރެސްޓޯރެންޓުގައި ރޯވި އަލިފާންގަނޑު ނިންވާލާފައިވަނީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު އިންނެވެ.

އެމްއެންޑީއެފް އިން ބުނީ ރެސްޓޯރެންޓުގައި އަލިފާންރޯވީ ރެސްޓޯރެންޓި ބަދިގޭގައި ހުރި ގޭސްފުޅި ކައިރީ ހުރި ޑަސްބިނެއްގައި ކަމަށެވެ.

ހާދިސާ އާއިި ގުޅިގެން އިމާރާތަށް އެއްވެސް ގެއްލުމެއް ނުލިބެއެވެ.

އަލިފާން ރޯވި އިރު ތޫމް ރެސްޓޯރެންޓުގެ ތިން ފަންގިފިލާގައިވެސް ކަސްޓަމަރުން ތިއްބެވެ. އަލިފާން ރޯވުމުންް ހުރިހާ ކަސްޓަމަރުން ވަނީ އިމާރާތުން ބޭރަށް ނިކުމެފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.

comment ކޮމެންޓް