އުރީދޫ ބަދިގެ: ފޮނިތޮށީގެ ފުރަތަމަ ރެސިޕީއަކީ ޕީޗް ކޮބްލާ

ޕީޗަކީ ގިނަބަޔަކަށް ކަމުދާ މީރު މޭވާއެކެވެ. އުރީދޫ ބަދިގޭގައި ވާނީ މީގެކުރިންވެސް ޕީޗް ބޭނުންކޮށްގެން ތައްޔާރުކޮށްލާނޭ ޕައިއެއްގެ ރެސިޕީ ގެނެސްދެވިފައެވެ.

މިއަދުވެސް މި ގެނެސްދެނީ ޕީޗް އިން ތައްޔާރުކޮށްލާނޭ ފޮނި އެއްޗެއްގެ ރެސިޕީ އެކެވެ.

މި ރެސިޕީއަކީ މީސްމީޑިއާގައި މަޝްހޫރު 'ފޮނިތޮށިއެމްވީ"ގެ އޯނަރ ތޫތަގެ ރެސިޕީއެކެވެ--މިއީ ތޫތަ އުރީދޫ ބަދިގެއަށް ތައްޔާރުކޮށްދޭ ފުރަތަމަ ޑިޝްއެވެ.

ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ އަދި ރަހަމީރު އެއްޗަކަށް ވާނެއެވެ.

ބޭނުންވާ ތަކެތި

ފިލިންގްއަށް ބޭނުންވާނީ:-

  • 3 ޕީޗް (ތޮށި މަށައި، ފޮތިކޮށްފައި)
  • 15 ގްރާމް ފުށް
  • 75 ގްރާމް ހަކުރު
  • 1/4 ސައި ސަމްސާ ލޮނު
  • 1/2 ސައި ސަމްސާ ވެނިލާ އެސެންސް

ޓޮޕިންގްއަށް ބޭނުންވާނީ:-

  • 75 ގްރާމް ލައިޓް ބްރައުން ހަކުރު
  • 42 ގްރާމް ފުށް
  • 32 ގްރާމް އޯޓްސް
  • 1/2 ސައި ސަމްސާ މުގުރި ފޮނިތޮށި
  • 1/4 ސައި ސަމްސާ ލޮނު
  • 50 ރޯ ޕިކާން (މެދުން ފަޅާފައި ނުވަތަ ކުދިކޮށް ކޮށާފައި)
  • 58 ގްރާމް އަންސޯލްޓެޑް ބަޓަރު

ތައްޔާރު ކުރާނެ ގޮތް:

ތައްޔާރު ކުރަން ފަށަމުން 177 ޑިގްރީސްގައި އަވަން ޕްރީހީޓްކޮށްލާށެވެ. ފިލިން ހެދުމަށްޓަކައި ޕީޗްއާއި ފުށް، ހަކުރު، ލޮނު އަދި ވެނީލާ މިކްސްކޮށްލާށެވެ. އަދި ބޭކިން ޑިޝްއަށްް އަޅާލާށެވެ.

ޓޮޕިން ތައްޔާރުކުރުމަށް ބްރައުން ޝުގާރ، ފުށް، އޯޓްސް، ލޮނު، އަދި ޕިކަންސް ވިސްކްކޮށްލާށެވެ. ބްރައުން ޝުގާރގެ އެއްވެސް އެތިކޮޅެއް ނުހުންނާނެ ވަރަށް މިކްސް ކޮށްލާން ހަނދާން ބަހައްޓާށެވެ. އެއަށްފަހު ބަޓަރު އަޅާ ރަބަރު ސްޕެޓިއުލާއަކުން ބަޓަރު ވިރުވާލާ އަދި މިކްސްޗާ ކްރަމްބަލް ވާންދެން ގިރާލާށެވެ. އެއަށްފަހު ޕީޗްތަކުގެ މައްޗަށް އެއްވަރަކަށް އަޅާލާށެވެ.

ޓޮޕިންގްސްގެ ކުލަ މުށި ކުލައަކަށް އަރަންދެން (ގާތްގަނޑަކަށް 25-30 މިނިޓް) ފިހެލާށެވެ. އެއަށްްފަހު ނަގާ ސާރވްކުރުމުގެ ކުރިން ފިނިވެލަދެން ބަހައްޓާށެވެ. ވެނީލާ އައިސްކްރީމް އާއި އެކީ ސާރވްކޮށްލުމުން ވަރަށް ފުރިހަމަވާނެ އެވެ.

ޓައިޓްލް ސްޕޮންސާ: އުރީދޫ މޯލްޑިވްސް
ވީޑިއޯ އަދި އެޑިޓިންގް: ހުސައިން ޝަޔާހު، މުހައްމަދު ޝަފީއު، މުސްތަފާ މުހައްމަދު

comment ކޮމެންޓް