ތިނަދޫގައި އެކްސިޑެންޓެއް ހިނގައި ގެއެއްގެ ފާރު ވެއްޓިއްޖެ

ތިނަދޫގައި މިއަދު ހިނގި އެކްސިޑެންޓްގައި ގެއެއްގެ ފާރު ވެއްޓިފައި -- ފޮޓޯ/ ފުލުހުން

ގދ. ތިނަދޫގައި ކާރެއް ކޮންޓްރޯލް ނުކުރެވިގެން މިއަދު ހިނގި އެކްސިޓެންޓެއްގައި، ގެއެއްގެ ފާރު ވެއްޓިއްޖެ އެވެ.

ފުލުހުންނަށް މި އެކްސިޑެންޓްގެ ރިޕޯޓު ލިބުނީ މިއަދު ހަވީރު 5:23 އެހާކަށް ހާއިރު އެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގީ ތިނަދޫ ގާޒީ މަގުން އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލެއް ކައިރިން ކާރު ނެއްޓެންވެގެން އުޅުމުގެ ތެރޭގައި ކަމަށެވެ.

މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެކްސިޓެންޓްގައި ކާރަށާއި އެ ގޭގެ ފާރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ތިނަދޫގައި ކާރެއް ކޮންޓްރޯލް ނުވެ، ގޭއެއްގެ ފާރު ވެެއްޓުނު އިރު، މިއަދު ހެނދުނު ހދ. ކުޅުދުއްފުށީގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ޕިކަޕެއް ކޮންޓްރޯލް ނުވެގެން ގޮސް ހޮޅިދަނޑިއެެއްގައި ޖެހި، ވަނީ އެކްސިޑެންޓެއް ހިނގާފައެވެ. އެ އެކްސިޑެންޓްގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.

comment ކޮމެންޓް