ކުޅުދުއްފުށީގައި ޕިކަޕެއް ކޮންޓްރޯލް ނުވެގެން ގޮސް ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓުވެއްޖެ

ކުޅުދުއްފުށީގައި އެކްސިޑެންޓްވި ޕިކަޕް-- ފޮޓޯ: ފުލުހުން

ހދ. ކުޅުދުއްފުށީގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ޕިކަޕެއް ކޮންޓްރޯލް ނުވެގެން ގޮސް ހޮޅިދަނޑިއަކާ ޖެހި، އެކްސިޑެންޓްއެއް ހިނގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 09:00 ގައި ކަމަށެވެ.

އެ ހާދިސާގައި ޕިކަޕް ގޮސް ޖެހިފައިވަނީ ކުޅުދުއްފުށީ އަމީނީމަގުގައި ހުރި ލައިޓް ޕޯސްޓްއެއްގައެވެ

އެ ހާދިސާގައި މީހަކަަށް ގެއްލުމެއް ނުލިބޭ ކަމަށާއި އެހެން ނަމަވެސް ޕިކަޕްގެ ބަފަރު ނެއްޓިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާ ހިނގިއިރު ޕިކަޕް ދުއްވަން އިނީ 21 އަހަރުގެ ދިވެހި ފިިރިހެނެއް ކަމަށާއި އަދި އޭނާގެ އަތުގައި ލައިސަންސް އޮންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މަައްސަލަ މިހާރު އިތުރަށް ތަހުގީގް ކުރަމުންދާ ކަމަށެވެ.

comment ކޮމެންޓް