ސަލާމަތީ ބާރުތަކުން ކުރިއަށް ގެންދިޔަ ތަމްރީންތައް ނިންމާލައިފި

ފުލުހުންނާއި ސިފަައިން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން -- ފޮޓޯ: ޕޮލިސް

ސަލާމަތީ ބާރުތަކުން ކުރިއަށް ގެންދިޔަ ތަމްރީންތައް ނިންމާލައިފި އެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށް ގެންދިޔަ ތަމްރީނުތައް މިއަދު ހެނދުނު 9:00ގައި ނިންމާލާފައިވާ ކަމަށެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ތަމްރީންތަކުގައި ސިފައިން ވަނީ ހަތިޔާރާ އެކު މަގުމަތީ ހަރަކާތްތެރިވެފަ އެވެ. ތަމްރީނުތައް ކުރިއަށް ގެންދިޔައިރު ފުލުހުން ވަނީ އެއްގަމާއި ކަނޑު އުޅަަނދުތައް ޗެކުކޮށް، ސިފައިންނާ އެކު މަގުމަތީ ހަރަކާތްތެރިވެފަ އެވެ.

މި ތަމްރީނުތަކުގެ ތެރެއިން އުޅަދުތައް ބަލާ ފާސްކުރި އިރު ފާހަގަކުރެވުނު ބައެއް ކަންތައް ފުލުހުން ވަނީ ހާމަކޮށްފައެވެ. އެގޮތުން ކަނޑުއުޅަދުފަހަރުގައި ގާނޫނީގޮތުން ފުރިހަމަ ކުރަންޖެހޭ ކަންތައް ފުރިހަމަ ނުކޮށްހުރިކަން ފާހަގަވިކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މާލޭގެ އިތުރުން ބައެއް ރަށްރަށުގައި ވެސް މި ތަމްރީނުތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މި ފަރިތަކުރުންތަކަކީ ވަކި އިތުރު ކަމެއް މެދުވެރިގެން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކެއް ނޫން ކަމަށް ފުލުހުންނާއި ސިފައިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް