މިމަހަށް ފަހު ވަކިން ސިނގިރޭޓް ނުވިއްކޭނެ!

ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުން ކުރާ ސިގިރޭޓުތަކެއް: މިމަހުގެ 31 ވަނަ ދުވަހުން ފެށިގެން ސިނގިރޭޓް ވިއްކުމަކީ މަނާކަމެއް --

ދުންފަތުން ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ގުޅޭގޮތުން ގެޒެޓް ކުރެވުނު ގަވައިދާއެކު، މިމަހު 31 ވަނަ ދަވަަށް ފަހު ވަކިން ސިނގިރޭޓް ވިއްކުން މަނާވާނެ ކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އާންމުންނަށް ހަނދާންކޮށްދީފި އެވެ.

ދުންފަތުން ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވައިދު ގެޒެޓް ކުރެވުނީ މިދިޔަ ޖެނުއަރީ މަހު 31 ވަނަ ދުވަހުއެވެ. ގަވައިދަށް އަމަލު ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހުން ފެށިގެންނެވެ. އެ ގަވައިދުގެ ދަށުން ވަކިން ސިނގިރޭޓް ވިއްކުމާއި ސިނގިރޭޓް ފޮށީގެ ބޭރުގައި ފޮޓޯ ޖެހި އިންޒާރާ ނުލައި ސިނގިރޭޓް ވިއްކުމަކީ މަނާކަމެކެވެ.

ގައިވައިދުގެ މައިގަނޑު މަގުސަދަކީ، ކުޑަކުދިން އަދި ޒުވާނުން ދުންފަތުގެ އިސްތިއުމާލުކުރަން ފެށުމުން ދުރުހެލިވުމާއި. ހުރިހާ އުމުރެއްގެ މީހުންނަށް ދުންފަތުގެ ނުރައްކަލާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުމެވެ. އަދި ދުންފަތުގެ ބާވަތްތައް އިޝްތިހާރުކުރުން ކުޑަ ކުރުމަކީ ވެސް މި ގަވައިދުގެ މަގުސަދެކެވެ.

https://sun.mv/114877

ގަވައިދަށް މިހިނގާ މެއި 31 ވަނަ ދުވަހަށް ފަހު އަމަލު ކުރަން ފެށޭނެ ކަމަށް ހަދާންކޮށްދިނުމުގެ ގޮތުން އެޗެޕީއޭ އިން މިއަދު ނެރުނު ބަޔާނުގައި ބުނީ، އެ ތާރީހްގެ ފަހުން ގަވައިދުގައިވާ ކަންކަން އެކަން ތަންފީޒުކުރައްވާނެ ކަމަށާއި އެ ގައިވާއިދާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

އެ ގައިވައިދުގައިވާ ގޮތުން ރާއްޖޭގައި ވިއްކޭނީ، މަދުވެގެން 20 ސިނގިރޭޓް ހިމެނޭ ފޮށްޓެވެ. ބިޑި ވިއްކާ ނަމަ ވިއްކޭނީ މަދުވެގެން 50 ބިޑި ހިމެނޭ ފޮށްޓެއް ނުވަތަ ބޮނޑިއެކެވެ. އަދި ދުންފަތާ ދުންފަތުގެ އެހެން ބާވަތްތައް ވިއްކޭނީ އޭގައި މަދުވެގެން 30 ގުރާމް ހުންނަ ނަމައެވެ.

ގަވައިދުގެ ދަށުން، ދުންފަތުގެ ބަވާތްތައް ރާއްޖޭގައި ވިއްކާއިރު، އެ ބާވަތްތައް ބަންދުކޮށްފައި ހުންނަ ޕެކެޓްޓާއި ކާޓުންގެ ބޭރުގައި ހެލްތް މިނިސްޓްރީން އާންމުކޮށްފައިވާ ގޮތަށް ފޮޓޯ ޖެހި ސިއްހަތުގެ އިންޒާރު ޖެހުން ލާޒިމް ވަނީ އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހުން ފެށިގެންނެވެ. އަދި މިއަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުން ފެށިގެން ފޮޓޯ ޖެހި ސިއްހަތުގެ އިންޒާރު ނުޖަހާ ދުންފަތާއި ދުންފަތުގެ ބާވަތްތައް ރާއްޖޭގައި ވިއްކުން މަނާ ވާނެއެވެ.

މި ގަވައިދާ ހިލާފުވާ ފަރާތްތައް، އެ ކުށް ކުރުމަށް ބޭނުން ކުރި މުދަލެއްގެ އަގާއި އޭގެ ޓެކުހާއި އެހެނިހެން ފީތަކުގެ ޖުމްލަ އަދަދުގެ 10 ގުނަ އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވައިދުގައި ވަނީ ބުނެފައެވެ. އަދި ދެ ވަނަ ފަހަރަށް ގަވައިދާ ހިލާފުވެއްޖެ ނަމަ، އިތުރަށް 5،000 ރުފިޔާ އަދި ތިން ވަނަ ފަހަރަށް، 10،000 ރުފިޔާ އިން ޖޫރިމަނާކޮށް، ހަތަރު ވަނަ ފަހަރަށް 20،000 ރުފިޔާ އިން ޖޫރިމަނާ ކުރާން ހިމެނެއެވެ.

ވަކިން ސިނގިރޭޓް ވިއްކުން މަނާކުރުމުގެ ގަވާއިދު ތަންފީޒުކުރުމަށް ހަފްތާއެއްހާ ދުވަސްވެފައިވާއިރު، މިދިޔަ ހަފުތާގައި، މާލެ ސިޓީ ކައުންސިލުން ވަނީ މާލޭގެ މަގުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރަން ނިންމައިފަ އެވެ. މި އުސޫލަށް އަމަލުކުރަން ފަށާނީ އަންނަ ނޮވެމްބަރު މަހުގެ ފަހުންނެވެ.

ދުންފަތުގެ ބާވަތްތަކުގައި ތަސްވީރުން ދެވޭ ސިއްހަތުގެ އިންޒާރު ޖެހުން ލާޒިމު ކުރުމާއި، ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ މަދު މިންވަރު ކަނޑައެޅުމަކީ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނާއި، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބައިނަލްއަގުވާމީ މުއާހަދާ ލާޒިމު ކުރާ ކަންކަމެވެ.

https://sun.mv/114726

comment ކޮމެންޓް