ތަމްރީނުތައް ފެށީ ވަކިކަމެއް މެދުވެރި ވެގެނެއް ނޫން: ސިފައިން

ނޮވެމްބަރ 11، 2018: ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސިފައިން ބޭއްވި ޕެރޭޑްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިރެއިން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ތަމްރީނުތައް ފެށީ ވަކި ކަމެއް މެދުވެރިވެގެނެއް ނޫން ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ފުލުހުންނާއި ސިފައިން މާލޭގައި މިރޭ ތަމްރީނުތަކެއް ވަނީ ފަށާފަ އެވެ.

އެމްއެންޑީއެފުން ބުނީ އެ ތަމްރީނު ތަކުގައި ރަށްރަށުގައިވެސް މާލޭގައިވެސް ސިފައިން ހަތިޔާރާ އެކު ހަރަކާތްތެރިވާނެ ކަމަށެވެ.

"ކުރިއަށް ގެންދެވޭ މި ފަރިތަކުރުންތަކަކީ ވަކި އިތުރު ކަމެއް މެދުވެރިގެން ކުރިއަށް ގެންދާ ފަރިތަކުރުންތަކެއް ނޫންކަމުގައި ދަންނަވަން. އެހެންނަމަވެސް އެއްވެސް ހާލަތެއްގައި ޝައްކުވާ ޒާތުގެ ކަމެއް ހިނގާނަމަ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ހިލޭ ގުޅޭ ނަންބަރު 1615 އަށް ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހިލޭ ގުޅެ ނަންބަރު 119 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރުމަށް އިލްތިމާސް ކުރަން،" އެމްއެންޑީއެފުން ބުންޏެވެ.

ފުލުހުން ބުނީ މާލޭގައި މިރޭ ފެށި ތަމްރީނު ތަކުގައި ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވާނެ ކަމަށެވެ. އެގޮތުން ރަށްރަށުގައި ހަރަކާތްތެރިވާ ފުލުހުންވެސް އެ ތަމްރީން ތަކުގައި ބައިވެރިވާނެ ކަމަށް ފުލުހުން ބުންޏެވެ.

"މިރެއިން ފެށިގެން 23 ވަނަ ދުވަހުގެ ހަވީރު ހައެއް ޖެހުމާ ހަމައަށް މި ތަމްރީނުތައް ކުރިއަށްދާނެ. ތަމްރީނުތަކުގެ ތެރެއިން ފަޅުގައި އަޅާފައި ހުންނަ އުޅަނދު ފަހަރާއި އެއްގަމު ދަތުރުކުރާ އުޅަނދުތައް ޗެކްކުރުން ހިމެނޭ،" ފުލުހުން ބުންޏެވެ.

comment ކޮމެންޓް