9 އަހަރުގެ ކުއްޖާއާ ބެހުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް

ނުވަ އަހަރުގެ ކުޑަ ކުއްޖަކާ ބެހުނު ކަމުގައި ތުހުމަތު ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް ވަނީ ޖަހައިފައި --

ނުވަ އަހަރުގެ ކުޑަ އަންހެން ކުއްޖަކާ ބެހުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

ދެކުނުގެ އަތޮޅެއްގެ ރަށެއްގައި އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖަކާ ބެހުނު ކަމުގެ ތުުހުމަތުގައި 71 އަހަރުގެ މީހާ ހައްޔަރު ކުރީ އިއްޔެ އެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މި މަހު 10 ވަނަ ދުވަހުއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ސަން" އަށް ވިދާޅުވީ، 71 އަހަރުގެ އެމީހާގެ ބަންދަށް އެރަށު މެޖިސްޓްރޭޓް ކޯޓުން މިއަދު 15 ދުވަސް ޖަހާފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ކުޑަ އަންހެން ކުއްޖާގެ މަންމަގެ ލޯބިވެރިޔާއެވެ. މި މައްސަލައިގައި އަންހެން ކުއްޖާގެ 13 އަހަރާއި 16 އަހަރުގެ ދެ ބޭބެއަށް ވެސް ތުހުމަތުކުރެވެއެވެ.

ޖެންޑާ މިނިސްޓްރީ އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ ކުއްޖާ މިހާރު ވަނީ "ރައްކާތެރި މާހައުލަކަށް" ބަދަލުކޮށްފައި ކަމަށެވެ.

ކުޑަކުދިން ހިމެނޭ މައްސަލައަކަށް ވަތީ މި މައްސަލައިގެ މާބޮޑު ތަފްސީލެއް ފުލުހުން އަދި ޖެންޑާ މިނިސްޓްރީން ވެސް ނުދެއްވައެވެ. ނުދެއްވައެވެ.

https://sun.mv/119380

ނުވަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި ކަމުގެ މައްސަލައެއް ފެންމަތިވެފައިވާއިރު، މިދިޔަ ހަފްތާ ތެރޭ މެދު ރާއްޖެ ތެރޭ އަތޮޅެއްގައި 15 އަހަރުގެ އަންހެން ކުއްޖަކު ވިހެއި ދަރިފުޅު ވަނީ މަރުވެފައެވެ. އެނގިފައިވާ ގޮތުގައި އަންހެން ކުއްކާ ވިއްސީ އޭނާގެ މަންމައާ ލޯބިވެރިޔާ އެވެ.

ފަނަރަ އަހަރުގެ ކުޑަ ކުއްޖާގެ މައްސަލަައިގައި ފުލުހުން ވަނީ ވިހެއި ދަރިފުޅުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައެވެ. އަދި ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ކުރަން ޖެހޭ ކަންތައް ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.

https://sun.mv/119175

comment ކޮމެންޓް