އައިސްކްރީމް ސޭންޑްވިޗް އަދި ސަމްސަންގް ގެލެކްސީ ނެކްސަސް ދައްކާލައިފި

ސެމްސަންގް އާއި ގޫގުލް ގުޅިގެން ބޭއްވި “ކޯލިން އޯލް ޕޮސިބިލިޓީސް"ގައި ގެލެކްސީ ނެކްސަސް އާއި އެންޑްރިއިޑް 4.0 އޮފިސިއަލީ ދައްކާލައިފިއެވެ. ހޮންގް ކޮންގް ގައި މި ހަފްތާގެ ބުދަ ދުވަހު ބޭއްވި ޕްރިވިއު ބައްދަލުވުމުގައި ސަމްސަންގް ގެލެކްސީ ނެކްސަސްއާއި ބެހޭ މަޢުލޫމާތާއި އެންޑްރޮއިޑްގެ އައިސްކްރީމް ސޭންޑްވިޗް 4.0 އާއި ބެހޭ މަޢުލޫމާތު ދީފައިވެއެވެ.

މިފަހަރު މި ތައާރަފް ކުރި އައިސްކްރީމް ސޭންޑްވިޗް ގައި އެންމެ ފާހަގަކޮށްލެވޭ އެއް ފީޗާއަކީ “ފޭސް އަންލޮކް" އެވެ. މި ހިދުމަތުގެ ސަބަބުން ފޭސިއަލް ރެކޮގްނައިޒޭޝަން ޕްރޮޓޮކޯލް ބޭނުންކޮއްގެން މޮބައިލް ފޯނު އަންލޮކް ކުރެވޭނެއެވެ. ވީޑިއޯކޯލް ކުރުމަށް ބޭނުންކުރާ ކެމެރާއިން އަންލޮކް ކުރެވޭއިރު ވަގަށް ނަގައިގެންވެސް ފަސޭހަ ރަހުމަތެއްގައި ބޭނުމެއް ނުކުރެވޭނެއެވެ. އަދި މީގެ އިތުރުން ސްކުރީން ކެޕްޗާރ ކުރާ އެޕްލިކޭޝަންއެއް އޯއެސްގައި ހިމަނާފައިވެއެވެ. ކެމެރާއަށްބަލާއިރު ވީޑިއޯ ކުރަމުން ފޮޓޯ ނަގަމުން ވީޑިއޯ ޒޫމްވެސްކުރެވޭނެއެވެ.

މި ފޯނުގައި ސިސްޓަމް ކޮންޓްރޯލް ކުރުމުގެ ގާބިލްކަން ފޯނުގެ ވެރިއާއަށް ދީފައިވެއެވެ. މިސާލަކަށް ބަލާނަމަ އެނޑްރޮއިޑްގައި ބޭނުން ކުރާ ވެބް ބުރައުޒަރ ހިއްޕުޅާނުވާނަމަ ފޮހެލާފަ އަލުން އެހެން ބުރައުޒަރ އެއް އަޅާލަންވީއެވެ. ފަރުދާގެ ފުރަގަހުގައި ހިނގަމުންދާ އެޕްލިކޭޝަންއަށް ބޭނުން ކުރާ ޑޭޓަރ ހަމަޖައްސާލެވެ. ނެޓްވޯރކް ޔޫޒޭޖް އާއި ބެޓެރީ ޔޫޒޭޖް ވެސް ހައްދުން ނައްޓައިފި ނަމަ އެލާމް އަޅާ އަންގާލާނެއެވެ. މިއީ މިއާއޯއެސްއަށް ގެނެސްފައިވާ ފުރިހަމަ ބަދަލެކެވެ.
އަދި މި ފޯނުގައިވާ އެންއެފްސީ ބޭސްޑް ޓެކްނޮލޮޖީއިން ވަރަށް އަވަހަށް ވެބްޕޭޖް، އެޕްލިކޭޝަން، ޔޫޓިއުބްވީޑިއޯ ޝެޔާކޮއްލެވެއެވެ. ދެފޯނުން އެއްފަހަރާ ގާތްކޮއްލުމަށްފަހު ވަކި ފިތަކަށް ފިތާލުމުން ޝެޔާވީއެވެ. މި ޙިދުމަތަށް ކިޔަނީ “އެނޑްރޮއިޑް ބީމް” އެވެ. އަދި މި ފޯނުގައި ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ މީހުންނަށް ވަރަށް ބޭނުންތެރި ފީޗާއެއްވެއެވެ. “އެކްސްޕުލޯރ ވިތް ޓަޗް” މިފީޗާއިން ނެވިގޭޝަން ބަޓަންތަކަށް ފިތުމުން ވަކި އަޑުތަކެއް އިވޭނެއެވެ. މިއަޑުތަކަށް އަހައިގެން ނެވިގޭޓްކުރެވޭއިރު ވެބްޕޭޖްތަށްވެސް ކިޔާދެއެވެ.

ސަމްސަންގް ގެލްކްސީ ނެކްސަސްއަށް ބަލާލާއިރު އެންމެ ފާހަގަ ކުރެވެނީ އެޗްޑީ ސުޕަރ އެމޮލިޑް 4.65 އިންޗް ޑިސްޕްލޭ (720 * 1،280 ޕިކްސެލް) އެވެ. 1.2 GHz ޑުއަލްކޯރ ޕްރޮސެސަރ އެކެވެ. ފަހަތުގައި 5 މެގަޕިކްސެލް ކެމެރާއިން 1080ޕީ 30 ވީޑިއޯ ރެކޯރޑް ކުރެވެއެވެ. ނިއުފިނގްލްޑް ޕެނެރޯމާ ވީޑިއޯ ރެކޯޑްކޮއްބަލާލެވޭއިރު ފްލެސް ލައިޓް ފަހަތުގައި އިދެއެވެ. ވީޑިއޯ ކޯލްކުރުމަށް 1.3 މެގަޕިކްސެލް ކެމެރާހިމަނާފައިވެއެވެ. 3.5 އެމްއެމް ހެޑްފޯން ޖެކުބޭނުން ކުރެވޭއިރު ޔޫއެސްބީ 2.0 ޖެހޭގޮތަށް ހުރެއެވެ. ކޮންޕަސް، އެންއެފްސީ މޮޑިއުލް ވައިފައި، ބުލޫޓޫތް 3.0 އެކްސެލެރޯމީޓަރގެ އިތުރުން ޕްރޮކްސިމިޓީ ސެންސަރ ހިމަނާފައި ހުރެއެވެ. ރެމްގައި 1 ޖީބީ އިންނަ އިރު އިންޓާރނަލް ސްޓޯރޭޖްގައި 16 ނޫނީ 32 ޖީބީ އިދެއެވެ. މިފޯނު ނޮވެމްބަރ މަހުގެ ކުރީ ކޮޅު ނެރޭނެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު