ރޯދަމަހުގެ މަންޒަރުތައް ޝެއާކޮށްގެން ސެމްސަންގް އޭ80 ފޯނެއް ލިބޭ ފުރުސަތެއް

ދިރާގު "ރޯދަމޮމެންޓްސް" ކޮންޓެސްޓް މިހާރު ވަނީ ހުޅުވާލައިފައި--

ރޯދަ މަހުގެ އެކި މަންޒަރުތައް ޝެއާކޮށްގެން ސެމްސަންގެ ފޯނެއް ލިބޭ މުބާރާތެއް ދިރާގުން ފަށައިފި އެވެ.

ދިރާގުން މިއަދު ބުނީ މިއީ އެ ކުންފުންޏާއި ސެމްސަންގް ގުޅިގެން ރޯދަމަހަށް ހާއްސަކޮށްގެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި "ރޯދަމޮމެންޓްސް"ގެ ދަށުން ފެށި ކުރިއަށް ގެންދާ ކޮންޓެސްޓެއް ކަމަށެވެ. އެ ކޮންޓެސްޓް އިންސްޓަގްރާމްގައި މިދިޔަ އަހަރު ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ނަމަވެސް މި ރޯދަމަހު އިންސްޓަގްރާމްގެ އިތުރުން ފޭސްބުކްގައި އަދި ޓުވިޓާގައި ވެސް އެ ހަރަކާތް ކުރިއަށް ގެންދާ ގޮތަށް ވަނީ ނިންމައިފަ އެވެ.

އެ ކޮންޓެސްޓްގައި އިންސްޓަގްރާމް، ފޭސްބްކް ނުވަތަ ޓުވިޓާގައި #RoadhaMoments އެ ހޭޝްޓެގް ޖެއްސެވުމަށް ފަހު ރޯދަ މަހުގެ އެކި އެކި މަންޒަރުތައް ހިއްސާކޮށްލައްވައިގެން ކޮންމެ ހަފްތާއެކު ހޮވާލެވޭ ނަސީބުވެރި އެއް ފަރާތަކަށް ސެމްސަންގް އޭ80 ފޯނެއް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

ސެމްސަންގް އޭ80 ފޯނަކީ ސެމްސަންގުން އަލަށް ތަޢާރަފުކުރި ފޯނެކެވެ. އެ ފޯނުގެ އެންމެ ހާއްސަ ކަމަކީ އެ ފޯނުގެ ރޮޓޭޓްވާގޮތަށް ފަރުމާކޮށްފައިވާ 48 މެގަޕިކްސަލް ކެމެރާ އެވެ.

ދިރާގުން ބުނީ އެ ކޮންޓެސްޓް ކުރިއަށް ދާނީ 7 ޖޫން 2019 ގެ ނިޔަލަށް ކަމަށާއި އެ ކޮންޓެސްޓްގައި ބައިވެރިވެވޭނީ ޕަބްލިކް އެކައުންޓަކުން ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް