މޯލްޑިވިއަންއިން ޗެންނާއީ އަށް ހާއްސަ ފެއާއެއް

މޯލްޑިވިއަންގެ ފްލައިޓެެއް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މޯލްޑިވިއަން އިން ޗެންނާއީ އަށް ހާއްސަ ފެއާއެއް ތައާރަފުކޮށްފިއެވެ.

މޯލްޑިވިއަން އިން ޗެންނާއީ އަށް ދަތުރުކުރާ ފަސިންޖަރުންނަށް ހާއްސަ ޕެކޭޖުގެ ދަށުން 675 ޑޮލަރަށް އެއާ ޓިކެޓާއެކު ތިން ރޭ ހުރުމުގެ ހަރަދު ދެ މީހަކަށް ދެއެވެ.

މޯލްޑިވިއަން އިން ދަނީ ހަފްތާއަކު ހަތަރު ފްލައިޓު ޗެންނާއީ އަށް ބާއްވަމުންނެވެ. މި ފެއާގެ ދަށުން ޖޫން 20 އާއި ހަމައަށް ޓިކެޓު ވިއްކާނެެވެ. ޖޫން މަހުގެ ނިޔަލަށް މި ޕެކޭޖުގެ ދަށުން ދަތުރު ކުރެވޭނެއެވެ.

ޗެންނާއީ އަކީ ފަތުރުވެރިންނަށް ހާއްސަ ގިނަ ސައިޓުތައް ހިމެނެ ސިޓީއެކެވެ. އެޑްވާޑް އެލިއެޓް ބީޗާއި މެރީނާ ބީޗު އަދި މިއުޒިޔަމް އަކީ އެގޮތުން ފާހަގަ ކުރެވޭ ތަންތަނެވެ.

comment ކޮމެންޓް