ނުކުޅެދުންތެރިކަން ހުންނަ މީހާއަށް އަނިޔާކުރި މީހުން ދެނެގަނެވިއްޖެ: ޕޮލިސް

ފޭދޫ އަންހެންމީހާ ހޮޅިދަނޑިއެއްގައި އައްސާފައި--

ށ. ފޭދޫގައި ނުކުޅެދުންތެރިކަން ހުންނަ މީހާއަށް އަނިޔާކުރި މީހުން ދެނެގަނެވިފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ އަންހެންމީހާ އަށް އަނިޔާކުރި މީހުން ދެނެގަނެވިފައިވާ ކަމަށާއި ނަމަވެސް އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

އުމުރުން 45 އަހަރުގެ އަންހެނެއްގެ މޫނުގައި ގޯންޏެއް އަޅައި މަގުބައްތިއެއްގައި އައްސާފައިހުރި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު އެ މައްސަލައާއި ގުޅޭ މީހުންނާ ސުވާލުކުރަމުންދާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ. ނަމަވެސް އެ މީހުންނާ ގުޅޭ އެއްވެސް ތަފްސީލެއް ހާމައެއް ނުކުރެއްވި އެވެ.

އަންހެން މީހާ އެރަށުގެ މަގުބައްތިއެއްގެ ހޮޅިދަނޑީގައި އައްސާފައި ހުއްޓާ ފެނުނީ މިދިޔަ ހޯމަ ދުވަހު ދަންވަރު އެވެ. އޭނާ އައްސާފައި ހުރި ވީޑިއޯ އާއި ފޮޓޯތައް އާންމުވުމުމުން ޖެންޑާ މިނިސްޓްރީ އިން ވަނީ އެރަށަށްގޮސް އެ އަންހެންމީހާ އާއި ހަވާލުވެފައެެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް