އުރީދޫ ބަދިގެ: މިއަދު ތައްޔާރުކޮށްލާނީ ޗިލީ ޗިކަންއެއް

ޗިލީ ޗިކަން އަކީ ހަމަގައިމުވެސް މި ރޯދަމަހުގެ ކޮންމެވެސް އެއްދުވަހެއްގައި، ކޮންމެހެންވެސް ތައްޔާރުކޮށްލަން ޖެހޭ އެކައްޗެވެ. އެކި ގޭގޭގައި ޗިލީ ޗިކަން ކައްކާގޮތް ޔަގީނުންވެސް ތަފާތުވާނެ އެވެ. އުރީދޫ ބަދިގޭގައި މިއަދު ތައްޔާރުކޮށްލަނީ ނަހޫގެ ވަރަށް ހާއްސަ ރެސިޕީ އެކެވެ. ޗިކް ޕީސް ޗިލީ ޗިކަން އެވެ.

ބޭނުންވާ ތަކެތި

  • ފިޔާ
  • ލޮނުމެދު
  • ބެލް ޕެޕާރ
  • ކެޕްސިކަމް
  • ލީކްސް
  • ކޮރިއަންޑާ
  • ހިކަނދިފަތް
  • ޗިކް ޕީސް
  • ކުކުޅު
  • ލޮނު
  • އަސޭމިރުސް
  • ޗިލީ ޕައުޑާ
  • އޮއިސްޓާ ސޯސް
  • ޗިލީ އެންޑް ގާލިކް ސޯސް
  • ފްރައިޑް ޗިކަން ޗިލީ ސޯސް

ތައްޔާރުކުރާނެ ގޮތް

ކުކުޅު މެރިނޭޓް ކުރުމަށްޓަކައި ލޮނާއި އަސޭމިރުސް އަދި ލޮނުމެދު ގާނާލުމަށްފަހު ޗިލީ ޕައުޑާ އާއި އެކު މިކްސްކޮށް ރަނގަޅަށްް ކުކުޅުގައި ހާކާލާށެވެ. އެއަށްފަހު 2-3 ގަޑިއިރު ވަންދެން ބަހައްޓާށެވެ.

ކައްކަން ފެށުމުގެ ގޮތުން އެންމެފުރަތަމަ މެރިނޭޓްކުރި ކުކުޅުކޮޅުތައް ތެޔޮކޮޅެއްގައި ތެލުލާށެވެ. ކުކުޅުގެ ކުލަ މުށި ކުލައަކަށް ބަދަލުވާން ފެށުމުން ނަގާށެވެ. އެއަށްފަހު ފިޔާ، ލޮނުމެދު، ހިކަނދިފަތް އެޅުމަށްފަހު 2 މިނިޓްވަންދެން ކައްކާލާށެވެ. ދެން ބެލް ޕެޕާއާއި ކެޕްސިކަމް އަދި ލީކްސް އެޅުމަށްފަހު މަޑު ގިނީގައި ފަސް ވަރަކަށް މިނިޓް ބަހައްޓާށެވެ. އެއަށްފަހު ޗިކްޕީސްތައް އަޅާ މިކްސްކޮށްލާށެވެ.

ހުރިހާ ބާވަތްތަކެއް ރަނގަޅަށް ކެކެން ފެށުމުން ލޮނާއި އަސޭމިރުސް އަދި ހުރިހާ ސޯސްތަކެއް އަޅާލާށެވެ. ތިންވަރަކަށް މިނިޓް އަނެއްކާވެސް ކައްކާލާށެވެ. އެއަށްފަހު ކުރިން ތެލުލި ކުކުޅުކޮޅުތައް އަޅާ މިކްސްކޮށްލުމަށްފަހު ކޮރިއަންޑާ ފަތްތައް އަޅާލާށެވެ.

ޓައިޓްލް ސްޕޮންސާ: އުރީދޫ މޯލްޑިވްސް
ލޮކޭޝަން ޕާޓްނަރ: ޓައިޑްސް ކެފޭ އެންޑް ބިސްޓްރޯ
ވީޑިއޯ އަދި އެޑިޓިންގް: ހުސައިން ޝަޔާހު، މުހައްމަދު ޝަފީއު، މުސްތަފާ މުހައްމަދު

comment ކޮމެންޓް