އިންސާނީ ވަގުފާރީގެ 24 މައްސަލައެއް ފުލުހަށް

ބިދޭސިންތަކެއް މަސައްކަތުގައި ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިންސާނީ ވަގުފާރީގެ 24 މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ގިނަ މަޝްރޫއުތަކަށް ބިދޭސިން ގެނައުމުގައި ސައްހަނޫން ލިޔެކިޔުންތަކެއް ހުށަހަޅާފައިވާ ކަމަށާއި އެކަމުގައި އިންސާނީ ވަގުފާރިއަށް ތުހުމަތުކުރެވޭކަންތައްތަކެއް ހުރުމުން އިމިގްރެޝަނުން ދިރާސާކުރަމުން ދިޔަ 67 ކުންފުންޏެއްގެ ތެރެއިން 24 ކުންފުންޏެއްގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލަތައް ހުށަހަޅާފައިވަނީ ތަހުގީގަށް ބޭނުންވާ ހުރިހާ މައުލޫމާތަކާއެކު ކަމަށާއި އެ ކުްނފުނިތަކުގެ އިސްވެރިންނާއި އެ މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައުލޫމާތުވެސް ފުލުހުންނާ ހިއްސާކޮށްފައިވާނެ ކަމަށް އިމިގްރެޝަނުން ބުންޏެވެ.

މި ކުންފުނިތަކަށާއި ކުންފުނިތަކާ ގުޅުންހުރި ފަރާތްތަކަށް އިމިގްރޭޝަނުންދޭ ބިދޭސިންނާ ގުޅުންހުރި ހިދުމަތްތައް މެދުކަނޑާލާފައިވާކަމަށާއި ބިދޭސިންނާ ގުޅުންހުރި މިފަދަ އިތުރު މައްސަލަތައްވެސް އިކޮނޮމިކް މިނިސްޓްރީ އަށް ހިއްސާކޮށްފައިވާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

comment ކޮމެންޓް