ކޮޒޯގެ ނަމުގައި ކޮލެޓީ ތަކެތި ލިބޭ ފިހާރައެއް ހުޅުވައިފި

ކޮޒޯ ފިހާރަ ހުޅުވައިދިނުމަށް ފަހު މަހުލޫފް އެ ފިހާރަ ބައްލަވާލައްވަނީ--- ފޮޓޯ:

ކޮޒޯގެ ނަމުގައި ކޮލެޓީ ތަކެތި ލިބޭ ފިހާރައެއް ފާށަނާކިލެގެފާނު މަގުގައި ރޭ ހުޅުވައިފި އެވެ.

ރޭ އެކަމަށް ބޭއްވި ރަސްމިއްޔާތުގައި އެ ފިހާރަ ހުޅުވައިދެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އެވެ.

ވޯލްޕޭޕާއާ ޕާކޭ ދޮރާއި އޭސީއާއި އަދި އެއާ ޕިއުރިފިކޭޝަން ހިމެނޭ ގޮތަށް ކޮލެޓީތަކެތި ލިބިގެންދާނެ ކަމަށް ފިހާރައިގެ ވެރި ފަރާތުން ބުންޏެވެ.

"މިތަނުގައި ހުންނަ އޭސީއާ ދުރޮތަކާ ފާހާނާދޮރުތަކާ އަދި ޕާކޭ މިއީ ތައިލެންޑްގެ ތަކެތި. ދެން ވޯލްޕޭޕާ މިގެންނަނީ ޖާމަން ހޮލެންޑް އިޓަލީ ހިސާބުން. ދެން މިތަނުން ގެންނަ އޭސީއަކީ ވެސް ސިންގަޕޫރުގައި ވެސް ބޭނުންކުރާ އޭސީ،" ފިހާރައިގެ ވެރިފަރާތުން ބުންޏެވެ.

ކޯޒޭ ފިހާރައިން ރީޓެއިލްކޮށް ތަކެތި ގަންނަން ލިބޭ އިރު، ހޯލްސޭލްކޮށް ވެސް އެތަކެތި ލިބެ އެވެ. އެ ފިހާރައައިން ތަކެތި ބައްލަވައިގަތުމުން މިމަހު ޑިސްކައުންޓް ވެސް ލިބެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު