ނުވަ އަހަރުގެ ކުއްޖާއާ ބެހުމުގެ ތުހުމަތަށް މަންމަގެ ލޯބިވެރިޔާ ހައްޔަރުކޮށްފި

ނުވައަހަރުގެ ކުއްޖާއާ ބެހުނުކަމުގެ ތުހުމަތުގައި 71 އަހަރުގެ މީހާ ވަނީ ހައްޔަރުކޮށްފައި---

އުމުރުން ނުވަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އެ ކުއްޖާގެ މަންމަގެ ލޯބިވެރިޔާ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި މިއަދު ހައްޔަރުކުރީ، 71 އަހަރުގެ މީހަކު ކަމަށެވެ. އެނގިފައިވާ ގޮތުގައި މިއީ، ޖިންސީ ގޯނާ ލިބުނު އަންހެން ކުއްޖާގެ މަންމަގެ ލޯބިވެރިޔާ އެވެ.

އަތޮޅު ތެރޭގެ ރަށެއްގައި އުމުރުން ނުވަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރާކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އެވެ.

އުމުރުން 16 އަހަރު 13 އަހަރުގެ އެ ކުއްޖާގެ ދެ ބޭބެވެސް އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވެއެވެ.

އެ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

އެކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީ އިން ބުނެފައި ވަނީ ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ ކުއްޖާ "ރައްކާތެރި މާހައުލަކަށް" ބަދަލުކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް