އުމްރާއަށް ދިޔަ ދިވެހި އަންހެނަކު ގެއްލިގެން ހޯދާތާ ދެ ދުވަސް

އުމުރާގެ އަޅުކަމަށް ދިވެހިންތަކެއް ކުރަނީ-- ފޮޓޯ: ހައްޖު ކޯޕަރޭޝަން

މި ރޯދަމަހު އުމްރާއަށް ދިޔަ ދިވެހި އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ހަމީދު ވިދާޅުވީ އެ އަންހެން މީހާ ގެއްލުނީ ރޭ ނޫން ކުރީރޭ ކަމަށެވެ.

" އޭނާ ގެއްލުނީ ހަރަމް ފުޅުގެ ތެރޭގައި ސަފާއާއި މަރުވާއާ ދެމެދު ހިނގުމުގެ ތެރޭގައ. އޭނާ ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް. އޭނާގެ އާއިލާއަށްވެސް މިހާރު އަޅުގަނޑުމެން ގުޅައިގެން މި އުޅެނީ" އިސްމާއިލް ވިދާޅުވި އެވެ.

ގެއްލިގެން ހޯދަމުން ދަނީ 54 އަހަަރުގެ އަންހެނެއް ކަަމަށްވެސް ހަމީދު ވިދާޅުވި އެވެ.

މީގެ ކުރިންވެސް ހައްޖަށާއި އުމްރާއަށް ގޮސް މީހުން ގެއްލިގެން އުޅެފައިވެ އެވެ.

comment ކޮމެންޓް