އުރީދޫ ބަދިގެ: މިފަހަރު ލަޒާނިއާ ހަދާނީ ޕާނުން!

ލަޒާޏިއާ އަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލް ކެއުމެކެވެ. ރޯދަ ވީއްލަންވެސް އަދި ތަރާވީސް ގަޑިއަށްވެސް މިއީ ތައްޔާރުކޮށްލަން ވަރަށް ރަނގަޅު ޑިޝް އެކެވެ. އުރީދޫ ބަދިގޭގައި ނަހޫ މިއަދު ތައްޔާރުކޮށްދެނީ ލަޒާޏިއާ އެކެވެ. އެހެންނަމަވެސް އާންމުކޮށް މި ފެންނަ ލަޒާޏިއާތަކާއި ޚިލާފަށް މިއީ ޚަރަދު ކުޑަކޮށް އަދި ދިވެހި ޓްވިސްޓަކާއި އެކީ ތައްޔާރުކޮށްލެވޭނެ ފަސޭހަ އެއްޗެކެވެ.

ބޭނުންވާނެ ތަކެތި

  • ޕާން (ޓްރޭގެ ސައިޒަށް އެކަށޭނަ ވަރަކަށް)
  • މަސް ދަޅު
  • ކެރެޓު ގާނާފައި
  • ފިޔާ
  • ލޮނުމެދު
  • އިނގުރު
  • ހިކަނދިފަތް
  • ގިތެޔޮ މިރުސް
  • ކެޕްސިކަމް
  • ލީކްސް
  • ޓޮމާޓޯ ސޯސް
  • ޗިލީ އެންޑް ގާލިކް ސޯސް
  • ފްރައިޑް ޗިކަން ޗިލީ ސޯސް
  • އޮއިސްޓާ ސޯސް
  • ސޯޔާ ސޯސް
  • ބިސް
  • ލޮނު
  • އަސޭމިރުސް
  • ޓޮމާޓޯ

ތައްޔާރު ކުރާނެ ގޮތް

ފިޔާ އަދި ހިކަނދިފަތް ފުރަތަމަ އަޅާ މީރުކޮށްލާށެވެ. އަދި އޭގެތެރެއަށް ވަރަށް ކުދިކުދިކޮށް ކޮށުމަށްފަހު ލޮނުމެދު، އިނގުރު، ކެޕްސިކަމް، ގިތެތޮ މިރުސް އަދި ގާނާފައި ހުރި ކެރެޓާއި ލީކްސް އަޅާލާށެވެ. އެއަށްފަހު މަސް ދަޅު އަޅާ އެހެން އިންގްރިޑިއަންޓްސްތަކާއި އެކު މިކްސް ކޮށްލާށެވެ. އިރުކޮޅަކު ކައްކާލުމަށްފަހު ހުރިހާ ސޯސްތަކެއް އަޅާލާށެވެ. އަދި ލޮނާއި އަސޭމިރުސް އެޅުމަށްފަހު މަޑު ގިނީގައި 3 މިނިޓް ކައްކާލާށެވެ. މަސްގަނޑު ތައްޔާރުކޮށް ނިމުނީ އެވެ.

ލަޒާޏިއާ އަތުރާލުމަށްޓަކައި ޕާނުގެ ހަތަރު ފަރާތް ކަފާލާށެވެ. ހުރިހާ ބިހެއް ފެޅުމަށްފަހު ވަކިން ތަށްޓަކަށް އަޅާލުމަށްފަހު ކުޑަ ލޮނު ކޮޅަކާއި އަސޭމިރުސްކޮޅެއް އަޅާލާށެވެ. ވީޑިއޯގައި ބޭނުން ކޮށްފައިވަނީ 6 ބިހެވެ. ޓްރޭއެއްގައި މާޖިރިން ހާކާލުމަށްފަހު ފުރަތަމަ ޕާން ފޮތިތައް ޓްރޭގައި އަތުރާލާށެވެ. އެއަށްފަހު މަސްގަނޑުގެ އެއްބަޔާއި ބިހުގެ އެއްބައި އަޅާލާށެވެ. މިގޮތަށް ޓްރޭގައި ރިޕީޓްކޮށްލާށެވެ. އެންމެ މައްޗަށް ހުންނަންވާނީ ބިހެވެ. އެއަށްފަހު ތުނިކޮށް ޓޮމާޓޯ ސްލައިސް ކޮޅެއް ކޮށާލުމަށްފަހު އަޅާލާށެވެ.

އެއަށްފަހު ބިސްތައް ރަނގަޅަށް ރޯފިލަންދެން އަވަންގައި ފިހެލާށެވެ.

ޓައިޓްލް ސްޕޮންސާ: އުރީދޫ މޯލްޑިވްސް
ލޮކޭޝަން ޕާޓްނަރ: ޓައިޑްސް ކެފޭ އެންޑް ބިސްޓްރޯ
ވީޑިއޯ އަދި އެޑިޓިންގް: ހުސައިން ޝަޔާހު، މުހައްމަދު ޝަފީއު، މުސްތަފާ މުހައްމަދު

comment ކޮމެންޓް