ޔޫއްޕެގެ "ދައުވަތު" އަންނަ މަހު ސިނަމާއަށް!

ދައުވަތުގެ ޕޯސްޓަރެއް--

ފިލްމީތަރި ޔޫސުފް ޝަފީއު(ޔޫއްޕެ) ތައްޔާރުކޮށް އުފައްދާ ފިލްމު "ދައުވަތު" އަންނަ މަހު ޕްރިމިއާކުރުމަށް ނިންމައިފި އެވެ.

ބިރުވެރި ފިލްމު "ދައުވަތު"ގެ ލީޑު ތަރިއަކީ މަރިޔަމް އައްޒައެވެ. އެއީ އައްޒަ "4426" އަށްފަހު ފެނިގެންދާ ފުރަތަމަ ފިލްމުވެސްމެ އެވެ.

ޔޫއްޕެ ޕްރޮޑަކްޝަންސް އިން ބުނީ ފިލްމު އަންނަ މަހުގެ 12 ވަނަ ދުވަހު އޮލިމްޕަހުގައި ޕްރިމިއާކުރާނެ ކަމަށެވެ. އެއާ އެކު އެ ފިލްމު ވެގެންދާނީ މިއަހަރު ޔޫއްޕެ ޑައިރެކްޓްކޮށް ގެނެސްދޭ ތިންވަނަ ފިލްމަށެވެ.

ފިލްމުގައި އައްޒަގެ އިތުރުން ދެން ފެނިގެންދާނީ އަލީ އާޒިމް (ދޮން އައްޔަ) އަދި އަހުމަދު އީސަ (އާނަންދު) އެވެ. އަދި ފިލްމުގެ މުހިއްމު ރޯލަކުން ކުރިއަރަމުން އަންނަ ބަތަލާ އިރްފާނާ އިބްރާހީމް (އިރޫ)ވެސް ފެނިގެންދާނެ އެވެ.

"ދައުވަތު" އަކީ ރާއްޖޭގައި ބޮޑުވެފައިވާ ސިހުރުގެ މައްސަލަތަކަށް ހަދާ ބިރުވެރި ފިލްމެކެވެ.

ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ބ ދަރަވަންދޫގައެވެ. ފިލްމުގެ ޓީޒާ މިހާރު ބެލުންތެރިންނަށް ދޫކޮށްލާފައިވާއިރު ޓިޒާއިންވެސް ނޭވާ ހިފަހައްޓާލަންޖެހޭ ބިރުވެރި މަންޒަރުތައް ފެނިގެން ގޮސްފައިވެ އެވެ.

comment ކޮމެންޓް