މިއަހަރު ފަސް އެއާޕޯޓެއް ހުޅުވައި ދަތުރުތައް ފަށާނެ

ޅ.މަޑިވަރުގައި ތަރައްގީކުރާ އެއާޕޯޓުގެ މަސައްކަތް ކުރިއަށްދަނީ -- ފޮޓޯ: އަދިއްޔު/ފޭސްބުކް

މިހާރު ތަރައްގީކުރަމުންދާ އެއާޕޯޓުތަކުގެ ތެރެއިން މިއަހަރު ފަސް އެއާޕޯޓެއް ހުޅުވައި ދަތުރުފަށާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ނަހުލާ "ސަން" އަށް ވިދާޅުވީ މިއަހަރު އަލަށް ޝެޑިއުލަ ދަތުރުތައް ފަށާނީ ށ. ފުނަދޫ އެއާޕޯޓަށާއި، ހދ. ކުޅުދުއްފުށި އެއާޕޯޓުގެ އިތުރުން ޅ.މަޑިވަރުގައި ތަރައްގީކުރާ އެއާޕޯޓަށާއި ނ. މާފަރު އަދި ގދ މާވާރުލު އެއާޕޯޓަށް ކަމަށެވެ.

މި އެއާޕޯޓުތަކުގެ ތެރެއިން ށ. ފުނަދޫ އެއާޕޯޓުގައި މިހާރު ކުރަމުންދަނީ ޓާމިނަލް އާއި އެއާޕޯޓަށް ބޭނުންވާ އިތުރު އިމާރާތްތަކުގެ މަސައްކަތެވެ. މި މަސައްކަތް މި އަހަރުގެ ޖުލައިމަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ޓްރާންސްޕޯޓު އެންޑް ސިވިލްއޭވިއޭޝަން މިނިސްޓަރު ވިދާޅުވިއެވެ. އެ އެއާޕޯޓަށް ޓެސްޓުފްލައިޓު ޖައްސާނެ ދުވަހެއް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށާއި، އޮގަސްޓުުމަހު ތެރޭ ފުނަދޫ އެއާޕޯޓަށް ދަތުރުތައް ފަށާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

https://sun.mv/118709

ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ އެ އެއާޕޯޓުގެ ޓާމިނަލް މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޓެސްޓްފްލައިޓު ޖައްސާފައިވާ ކުޅުދުއްފުށީ އެއާޕޯޓަށް މިއަހަރުގެ ޖުލައިމަހު ޝެޑިއުލް ދަތުުރުތައް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނ.މާފަރު އެއާޕޯޓަށްވެސް މިދިޔަ އަހަރު ވަނީ ޓެސްޓް ފްލައިޓު ޖައްސައިފައެވެ. އެ އެއާޕޯޓުގައި ގާއިމްކުރަންޖެހޭ ވަސީލަތްތައް ގާއިމް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި އެ މަސައްކަތްތައް އަންނަ މަހު ނިންމައި، ޖުލައި މަހު ދަތުރުތައް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

https://sun.mv/116857

މިއަހަރު ދަތުރުތައް ފަށަން ނިންމާފައިވާ އަނެއް އެއާޕޯޓަކީ ގދ. މާވާރުލު އެއާޕޯޓެވެ. އެ އެއާޕޯޓުގެ ރަންވޭގެ މަސައްކަތް މިހާރު ކުރަމުންދާއިރު އެއާޕޯޓަށް ބޭނުންވާ އިމާރާތްތަކުގެ މަސައްކަތް ނިންމާ މިއަހަރު ދަތުރުތައް ފެށޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ކުރެއްދޫ ހޯލްޑިންގްސް އިން ޅ. މަޑިވަރުގައި ތަރައްގީ ކުރާ އެއާޕޯޓުގެ މަސައްކަތް ނިންމާ މިއަހަރު ދަތުރުތައް ފެށޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިދިޔަ އަހަރު މަސައްކަތްފެށި އެ އެއާޕޯޓުގައި މިހާރު ކުރަމުންދަނީ ރަންވޭގެ މަސައްކަތެވެ.

https://sun.mv/106150

މީގެ އިތުރުން ހއ ހޯރަފުއްޓާއި ގދ ފަރެސްމާތޮޑާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ވެސް މިހާރު ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ފަރެސްމާތޮޑާ އެއާޕޯޓުގެ އަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށޭނެ،"

comment ކޮމެންޓް