"ސަޅަކް 2"ގެ ޝޫޓިން ފަށައިފި

ކާމިޔާބު ޑައިރެކްޓަރު، ޕްރޮޑިއުސަރު މަހޭޝް ބަޓް އާއި އޭނާގެ އަންހެން ދަރި އަދި ކުޅަދާނަ ބަތަލާ އާލިއާ ބަޓް އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމު، 'ސަޅަކް 2'ގެ ޝޫޓިން އިއްޔެ ފަށައިފި އެވެ.

ފިލްމުގެ ޝޫޓިން ފެށިކަން ހާމަކޮށް އާލިއާ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އޭނާ ފިލްމުގެ ޝޫޓިން އާ ގުޅޭނީ ދެތިން ދުވަސް ފަހުން ކަމަށާއި އެކަމާ ވަރަށް ބިރުން ހުރި ކަމަށެވެ.

މިއީ ބައްޕަގެ ދަށުން މަސައްކަތް ކުރާ ފުރަތަމަ ފަހަރުކަން ފާހަގަ ކުރަމުން އާލިއާ ބުނީ އުންމީދަކީ 'ސަޅަކް 2' އަކީ އެ ދެބަފައިންނަށް އިތުރު ކާމިޔާބީއަކަށް ވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި ފެއިލް ވެއްޖެ ނަމަ، އަލުން ތެދުވެ އިތުރަށް މަސައްކަތް ކުރުމުގެ ހިތްވަރު ލިބިގެންދާނެ ކަމަށެވެ.

ބައްޕަ ޑައިރެކްޓު ކުރާ ފިލްމުގެ ލީޑު އެކްޓަރުގެ ގޮތުގައި މަސައްކަތް ކުރުމަކީ މުޅިން އައު ދަތުރެއް ގޮތުގައި އާލިއާ ވަނީ ސިފަކޮށްފަ އެވެ.

'ސަޅަކް' އަކީ މަހޭޝް ޑައިރެކްޓްކޮށް 1991 އަހަރު ރިލީޒް ކުރި ފިލެމެކެވެ. ފިލްމުގެ ލީޑު ރޯލުން ފެނިގެން ދިޔައީ މަހޭޝްގެ ދޮށީ ދަރި ޕޫޖާ ބަޓް އަދި ސަންޖޭ ދަތު އެވެ. 'ސަޅަކް 2' އިން ވެސް ޕޫޖާ އަދި ސަންޖޭ ފެނިގެންދާނެ އެވެ. އަދި އަދިއްތުޔަ ރޯއީ ކަޕޫރު ވެސް ފެނިގެންދާނެ އެވެ.

ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައި ވަނ ީ25 މާޗް 2020ގަ އެވެ.

comment ކޮމެންޓް