ޗިކަންގުންޔާ ޖެހިގެން ދެ ކުއްޖަކު ސީރިއަސް ހާލަތެއްގައި

އައިޖީއެމްއެޗްގައި ބަޔަކު ފަރުވާ ހޯދަނީ: ކުޑަ ދެ ކުދިންނަށް ޗިކަންގުންޔާ ޖެހިގެން ވަނީ ސީރިއަސް ހާލަތަކަށް ގޮސްފައި --- ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މަދިރީގެ ޒަރިއްޔާއިން ޖެހޭ ބައެއްޔެއް ކަމުގައިވާ ޗިކަންގުންޔާ ޖެހިގެން ކުޑަ ދެ ކުއްޖަކު ސީރިއަސް ހާލަތަކަށް ގޮސް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އެބަދެ އެވެ.

އައިޖީއެމްއެޗުގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަދިރި ހަފައިގެން ޗިކުންގުންޔާ ޖެހުނު ދެ ކުއްޖެއްގެ ސިކުނޑި އިންފެކްޓްވެ ފަރުދާ ދެމުން އަންނަ ކަމަށެވެ.

އެ ކުދިންނަށް ހެޔޮދުއާ ކޮށްދިނުމުގެ އިތުރުން މަދިރި ހެފުމުން ރައްކާތެރިވެ މަދިރި އާލާވާގޮތަށް ހުންނަ ތަންތަނުން ވެސް ދުރުވެ ރައްކާތެރިވުމަށް ޑރ. ފައިސަލް ވަނީ އެދިވަޑައިގެންފައެވެ.

މަދިރީގެ ޒަރިއްޔާ އިން ފެތުރޭ ބަލިތައް ގިނަވެފައިވާއިރު މިދިޔަ ހަފްތާގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިހާތަނަށް ޗިކުންގުންޔާގެ 846 ކޭސް އެއިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މާޗު މަހާ އަޅާ ބަލާ އިރު އޭޕްރީލް މަހު ޗިކަންގުންޔާ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު އިތުރުވެފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެ އެވެ.

comment ކޮމެންޓް