ދެ ބެއިން ވެގެން ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ

އުމުރުން ނުވަ އަހަރުގެ ކުއްޖަކަށް އެ ކުއްޖާގެ ދެ ބޭބެއަކު ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، އަތޮޅު ތެރޭގެ ރަށެއްގައި އުމުރުން ނުވަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރާކަމަށް ބުނާ މައްސަލައެއް މި މަހުގެ 10 ވަނަ ދުވަހުގެ ރޭ 22:40 އެހާކަން ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެ މައްސަލާގައި ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވެނީ އެ ކުއްޖާގެ 16 އަހަރުގެ ބޭބެ އަކަށާއި އަދި 13 އަހަރުގެ ބޭބެއަކަށް ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

އެ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

އެކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީ އިން ބުނެފައި ވަނީ ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ ކުއްޖާ "ރައްކާތެރި މާހައުލަކަށް" ބަދަލުކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް