އައްޑޫގައި ކާރަކާ ސައިކަލެއް އެކްސިޑެންޓުވެ އެކަކު ސީރިއަސް ހާލުގައި

ރޭ އައްޑޫގައި އެކްސިޑެންޓުވި ސައިކަލާއި ކާރު --

އައްޑޫ ސިޓީގައި ރޭ ކާރަކާ ސައިކަލެއް އެކްސިޑެންޓުވެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ހާދިސާ ހިނގިކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ރޭ ދަންވަރު 2:42 ގައެވެ.

އެ ހާދިސާގައި އަނިޔާވެފައި ވަނީ ސައިކަލު ދުއްވަން އިން އުމުރުން 25 އަހަރުގެ މީހާއަށެވެ. ކާރު ދުއްވަން އިން އުމުރުން 29 އަހަރުގެ މީހާއަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވެއެވެ. އެ ދެ މީހުންގެ އަތުގައިވެސް ލައިސެންސް އޮންނަ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

އޮފިޝަލު ވިދާޅުވި ގޮތުގައި އެ ހާދިސާގައި އަނިޔާވި މީހާގެ ވާތު ފައި ބިނދި، ބޯ ވަނީ ފަޅައިގެން ގޮސްފައެވެ. އޭގެ އިތުރުންވެސް އެހެން އަނިޔާތަކެއް އޭނާއަށް ލިބިފައިވެއެވެ.

އަނިޔާވި މީހާއަށް މިހާރު ދަނީ ހިތަދޫ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންނެވެ. އޭނާ މާލެއަށް ގެންދިޔުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.

comment ކޮމެންޓް