ރުއްގަސް ނެގުމުގެ ގަވައިދަށް އާންމުންގެ ހިޔާލު ހޯދަން ފޯރަމެއް ބާއްވަނީ

އައްޑޫ ސިޓީ ސްކެއާ ތަރައްގީކުރަން ގިނަ އަދަދެއްގެ ރުއްތައް ކަނޑާލައިފައި-- ފޮޓޯ:

ރުއްގަސް ކެނޑުމާއި އުފުރުމާއި ކޮނެގެން ނެގުން އަދި އެއް ރަށުން އަނެއް ރަށް ގެންދިޔުމާ ބެހޭ ގަވައިދަށް އާންމުންގެ ހިޔާލު ހޯދަން ފޯރަމެއް ބާއްވަން އެންވަޔަރަމެންޓް މިނިސްޓްރީއިން ނިންމައިފިއެވެ.

ރުއްގަސް ނެގުމުގެ އާ ގަވައިދެއް އެކުލަވާލައި އާންމު ކުރީ މި އަހަރުގެ ތެރޭގައެވެ. އެ ގަވައިދަށް އާންމުންގެ ހިޔާލު، ލިޔުމުން ހުށަހަޅަންވެސް މީގެ ކުރިން ހުޅުވާލިއެވެ. އެއީ އޭޕްރިލް ދެވަނަ ދުވަހުއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީއިން ބުނީ، މިހާރު އެ ގަވައިދަށް އާންމުންގެ ހިޔާލު ހޯދަން ފޯރަމެއްވެސް ބާއްވަން ނިންމާފައިވާ ކަމަށެވެ. އެ ފޯރަމް ބާއްވަން ނިންމާފައި ވަނީ އަންނަ އަންގާރަ ދުވަހުގެ ރޭ، 23:30 އިން 22:30 އަށް ސަލްޓަން ޕާކުގައި ހުންނަ އެމްފިތިއެޓާގައެވެ.

މީގެ ކުރިން ރުއްގަސް ނެގުމުގެ ގަވައިދަށް ހިޔާލު ހޯދަން ހުޅުވާލުމުން ތިމާވެއްޓަށް ލޯބި ކުރާ ބަޔަކު ވަނީ އެ ގަވައިދަށް ފާޑުކިޔާފައެވެ. އެ ގަވައިދާ ދެކޮޅަށް ވާހަކަ ދައްކާ ފަރާތްތަކުން މައިގަނޑު ގޮތެއްގައި ބުނަނީ، ގަވައިދުން ރުއްގަސް ނެގޭނެ ގޮތްތައް ހަނި ނުކުރާ ކަމަށެވެ.

https://sun.mv/118097

ގަވައިދުގެ ހުލާސާ

  • ރުއްގަސް ކެނޑޭނީ، އުފުރޭނީ ނުވަތަ އެއްތަނުން އަނެއް ތަނަށް ދެވޭނީ ރުއްގަސް ދިރުވާ އާލާކުރުމަށް ސަރުކާރުން ހިންގާ ހާއްސަ ޕްރޮގްރާމެއް، މަޝްރޫއެއް ނުވަތަ ޒަރޫރީ ބޭނުންތަކަށް.
  • ފުރަބަންޑާރަ ލަކުޑީގެ ގޮތުގައި، ނުވަތަ މުޑުވައް ކޮށްގެން ހައްދާ ގަސް، ނުވަތަ ނާސަރީގައި ހައްދާ ރުއްގަސް، ނުވަތަ މީހުން ދިރިއުޅޭ ގޯތިތަކުގައި ހައްދާ ރުއްގަސް މިކަމުން އިސްތިސްނާވޭ.
  • ނަގާ ކޮންމެ ރުއްގަހެއްގެ ބަދަލުގައި ހަތަރު ގަސް އިންދަންޖެހޭ.
  • ހުއްދައާ ނުލައި، ނުވަތަ ހުއްދައާ ހިލާފަށް ކުރާ ކަމަކުން ލިބޭ ގެއްލުމެއްގެ ކުޑަބޮޑު މިނަށް ބަލައި، އެކަމެއް ކުރިފަރާތެއް 501 ރުފިޔާ އާއި ސަތޭކަ މިލިއަން ރުފިޔާއާ ދެމެދުން ޖޫރިމަނާކުރެވޭނެ.
  • ރުއްގަސް ނެގުމާއި އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތްތައް ހިމެނޭ.
comment ކޮމެންޓް