ވަރުގަދަ ޓެލެކޮމިއުނިކޭޝަން ބްރޭންޑްތަކުގެ ލިސްޓުގައި އުރީދުއަށް ކުރިއެރުމެއް

ދުނިޔޭގެ އެންމެ ވަރުގަދަ ޓެލެކޮމިއުނިކޭޝަން ބްރޭންޑްތަކުގެ ލިސްޓު، ޓެލެކޮމް 300ގައި މި އަހަރު އުރީދޫ ގްރޫޕްއަށް ވަނީ ކުރިއެެރުން ލިބިފައި --

ދުނިޔޭގެ އެންމެ ވަރުގަދަ ޓެލެކޮމިއުނިކޭޝަން ބްރޭންޑްތަކުގެ ލިސްޓު، ޓެލެކޮމް 300ގައި މި އަހަރު އުރީދޫ ގްރޫޕްއަށް ކުރިއެރުން ލިބިއްޖެއެވެ.

ބްރޭންޑް ފައިނޭންސްގެ ޓެލެކޮމް 300ގައި މި އަހަރު އުރީދޫ ގްރޫޕަށް ލިބިފައި ވަނީ 41 ވަނަ އެވެ. މިދިޔަ އަހަރު އެ ގްރޫޕަށް ލިބިފައި ވަނީ ލިސްޓުގެ 43 ވަނަ އެވެ.

ލިސްޓުގައި އެ ކުރިއެރުން ލިބިފައި ވަނީ ބްރޭންޑް ވެލިއުގެ 12 ޕަސެންޓުގެ ކުރިއެރުމަކާ އެކުއެވެ. މިހާރު އެ ގްރޫޕުގެ ވެލުއަކީ ގާތްގަނޑަކަށް 3.8 ބިލިއަން ޑޮލަރެެވެ.

ގަތަރުގެ ބްރޭންޑެއް ކަމަށްވާ އުރީދޫގެ ކުންފުނިތައް މިހާރު މެދު އިރުމަތީގައި އާއި އުތުރު އެފްރިކާ އަދި އިރު ދެކުނު އޭޝިއާގެ ގައުމުތަކުގައި ހުރެއެވެ.

2013 ވަނަ އަހަރު އެ ގްރޫޕްގެ މަސައްކަތް ފެށި ފަހުން ބްރޭންޑް ވެލިއު ބާރު ދުވެލީގައި އިތުރުވަމުންދާކަން ޓެލެކޮމް 300 ލިސްޓު އެކުލަވާލާ ބްރޭންޑް ފައިނޭންސް އިން ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް