ލުތުފަރު މަރާލީ އެއްޖިންސުން ގުޅުން ހިންގާ ކަމަށް ބުނެ: ފުލުހުން

މައްސަލައިގެ ޕްރެސް ބްރީފިންގައި ފުލުހުން.

ށ. ޅައިމަގަށް ނިސްބަތްވާ ކުރިމަގު ބޯޓުގައި ކައްކާއެއްގެ ގޮތުގައި މަސައްކަތް ކުރި ލުތުފަރު ކިޔާ ބިދޭސީ މީހާ މަރާލީ އޭނާ އެއްޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތުކޮށް ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ޅައިމަގާއި މާލެއާ ދެމެދު ދަތުރުކުރާ ކުރިމަގު ބޯޓުން ލުތުފަރު ގެއްލިގެން ހޯދަމުންދާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ، މިދިޔަ މަހު 22 ވަނަ ދުވަހުގެ މެންދުރު 12:17 ހާއިރުއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ، ކުރިމަގު ބޯޓުގައި މަސައްކަތްކުރާ ހަތަރު ބިދޭސީންގެ ބަންދަށް މިއަދު ވަނީ އިތުރު 15 ދުވަސް ޖަހާފައެވެ. އެ ހަތަރު މީހުންނަކީވެސް ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުން ދިޔަ ބައެކެވެ.

މި މައްސަލައާ ގުޅިގެން މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ވެރިޔާ، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، އެ މައްސަލައަކީ މީހަކު ގެއްލިގެން ހުށަހެޅި މައްސަލައެއް ކަމުގައިވީނަމަވެސް މިހާރު ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން ދަނީ، މަރުގެ މައްސަލައެއްގެ ގޮތުގައި ކަމަށެވެ.

ޝިފާއު ވިދާޅުވީ، ލުތުފަރަކީ ބޯޓުގެ އެހެން ބައެއް ބިދޭސީންނާއެކު އެއްޖިއްސުން ގުޅުން ހިންގަން މަސައްކަތްކުރަމުން ދިޔަ މީހެއްކަން ތަހުގީގަށް މިހާތަނަށް އެނގިފައިވާ ކަމަށާއި އޭނާ މަރާލީ އެކަމުގެ ނުރުހުމުގައި ކަމަށެވެ.

"އޭޕްރިލް މަހުގެ 21 ވަނަ ދަުވަހުގެ ރޭ 9:30 އާއި 10:30އާ ދެމެދުގެ ވަގުތެއްގައިވެސް ލުތުފަރު ބޯޓުގައި ހުރި އެހެން ފަރާތަކާ މެދު ޖިންސީގުޅުން ހިންގަން މަސައްކަތްކުރި ކަމަށާއި ލުތުފަރު މަރާލައިފައިވަނީ، އެކަމުގެ ނުރުހުމުގައި ކަމަަށް،" ޝިފާއު ވިދާޅުވިއެވެ.

ލުތުފަރު މަރާލި ބޯޓުގެ ތައްޓު މަތި --

ޝާފިއު ވިދާޅުވީ، ލުތުފަރު މާރާލީ، އެ ބޯޓުގައި މަސައްކަތް ކުރާ، އަލަމިންއާއި ނޫރުލްއިސްލާމް އަދި އަހްތަރު ހުސައިންއާއެކު ތިން ބިދޭސީން ވެގެން ބޯޓުގެ ތައްޓުމަތީގައި ބާއްވައި ނޭވާ ހާސްކޮށްލައިގެން ކަމަށެވެ.

"[ލުތުފަރު މަރާލީ] ބޯޓުގެ ތައްޓުމަތީގައި ބާއްވައި، ނޭވާ ހާސްކޮށްލައިގެން،" ޝާފިއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިދިޔަ މަހު 21 ވަނަ ދުވަހުގެރޭ 9:30ގައި ބޯޓުގައި މަސައްކަތްކުރާ ފަސް ބިދޭސީން ވެސް ބޯޓުގައި ތިބި ކަމަށް ޝާފިއު ވިދާޅުވިއެވެ. ލުތުފަރު މަރާލިކަމަށް ބެލެވެނީ، 9:30 އާއި 10:30 އާ ދެމެދުއެވެ.

ލުތުފަރު ގެއްލިގެން ހޯދަން ފެށީ ޖެހިގެން އައި ދުވަހު ފަތިހު އެ ބޯޓު މާލެ ފުރުމަށްޓަކައި މީޙުން ހަމަތޯ ބެލުމުންނެވެ. ޝިފާއު ވިދާޅުވީ އެ ދުވަހު ފަތިހު ބޯޓު މާލެ ފުރަން ތައްޔާރުކޮށް ބޯޓުގެ ކެޕްޓަން ލުތުފަރު ކޮބާތޯ ސުވާލު ކުރުމުން އޭނާ ފެނިފައި ނުވާކަމަށް، ހައްޔަރުކުރި ބިދޭސީން ކެޕްޓަން ގާތުގައި ބުނި ކަމަށެވެ

ލުތުފަރު މަރާލުމަށްފަހު އޭނާގެ ހަށިގަނޑުގައި ގާ އައްސައި، އެރަށުގެ އިރުމަތީ ފަރާތުން ބޭރުން ކަނޑުގެ ސަރަހައްދަށް ފެއްތިއެވެ. ފުލުހުން އެ ސަރަހައްދަށް ޑައިވްކޮށް ބެލި އިރު އިންސަނެއްގެ ކަށިގަނޑުގެ ބައިތަކެއް ފެނިގެން އެތަކެތި ނެގިކަމަށް ޝިފާއު ވިދާޅުވިއެވެ.

ލުތުފަރުގެ ގެ ހަށިގަނޑު ބައެއް --

އަދި ތަހުގީގަށް ހައްޔަރުކުރި މީހުން ދިން މައުލޫމާތާއި، ހޯދި އެހެން ހެކިތަކަށް ބަލާއިރު އެއީ ލުތުފަރުގެ ހަށިގަނޑުގެ ބައިތަކެއް ކަމަށް މިހާތަނަށް އެނގޭކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ލުތުފަރު މަރާލީ ފައިސާގެ މައްސަލައެއް ޖެހިކަންކަމަށް މީގެ ކުރިން ޅައިމަގުގައި ވާހަކަ ދެކުވުނު ނަމަވެސް މިކަން މިހާތަނަށް ތަހުގީގަށް ކަށަވަރު ނުވަކަމަށްވެސް ޝިފާއު ވިދާޅުވިއެވެ.

https://www.sun.mv/119253

comment ކޮމެންޓް