މިދިޔަ މަހު އެކަނި 4.1 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރި

ވިޔަފާރި ބަނދަރު --- ފޮޓޯ: ކަސްޓަމްސް

މިދިޔަ މަހު 4.1 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އިތުރުކޮށްފައިވާކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކައިފި އެވެ.

ކަސްޓަމްސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޭޕްރީލްމަހު ރާއްޖެ އެތެރެކުރި މުދަލުގެ ނިސްބަތް ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު ނުވަ ޕަސެންޓް އިތުރުވެފަ އެވެ.

ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރި މުދަލަށް ބަލާއިރު މިއަހަރުގެ އޭޕްރީލްމަހު 324 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓުކޮށްފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއިން ބޭރަށް އެކްސްޕޯޓުކޮށްފައިވަނީ 377 މިލިއަން ރުފިޔާގެ މުދަލެވެ.

އިމްޕޯޓު އެކްސްޕޯޓުން ލިބުނު އާމްދަނީ އަށް ބަލާއިރު މިދިޔަ މަހު ވަނީ 300 މިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބިފަ އެވެ.

ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޔޫއޭއީ އިންނެވެ. ދެވަނަ އަށް އެންމެ ގިނަ މުދާ އެތެރެކުރީ ޗައިނާ އިންނެވެ. ތިންވަނައަށް ސިންގަޕޫރުންނެވެ.

ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މުދާ އެކްސްޕޯޓުކުރީ ތައިލެންޑުންނެވެ. ދެވަނަ އަށް އެމެރިކާ އިންނެވެ. ތިންވަނަ އަށް އެންމެ ގިނައިން ރާއްޖެއިން މުދާ އެކްސްޕޯޓުކުރީ ޖަރުމަނަށެވެ.

comment ކޮމެންޓް