"މުސްތަގުބަލާ މެދު ގޮތެއް ނިންމަން އަދި ވަގުތު ބޭނުން"

އަޔެކްސްގެ ކެޕްޓަން މެތިއަސް ޑެ ލީޙް --- ފޮޓޯ/ ޑެޔަން ކެލަނިޗް

އަޔެކްސްގެ ޒުވާން ކެޕްޓަން މެތިއަސް ޑެ ލީޚް ހޯދުމަށް ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން މަސައްކަތް ކުރަމުން އައި ނަމަވެސް މުސްތަގުބަލާ މެދު ވިސްނަން އަދި ވަގުތު ބޭނުންވާ ކަމަށް އޭނާ ބުނެފި އެވެ.

އުމުރުން އެންމެ 19 އަހަރުގައި ބޮޑު ކުލަބެއްގެ ކެޕްޓަންކަން ކުރަމުން އަންނަ ޑެ ލީޙް ވަނީ މި ސީޒަނުގައި އަޔެކްސްއާ އެކު ޑަޗް ލީގާއި ލީގު ކަޕުގެ އިތުރުން އަހަރުތަކަކަށް ފަހުން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް އެ ޓީމު ގެންދިއުމުގައި މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ.

އޭނާ ހޯދުމަށް ޓަކައި ސްޕެއިންގެ ބާސެލޯނާއާއި އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލްގެ އިތުރުން ލިވަޕޫލް އަދި ޔުވެންޓަސްއާއި ބަޔާން މުނިކުން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

ނަމަވެސް ޑަޗް ލީގު ކާމިޔާބު ކުރުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޑެ ލީޙް ބުނީ އޭނަގެ މުސްތަގުބަލާ މެދު ވިސްނަން އަދި ވަގުތު ބޭނުންވާ ކަމަށެވެ.

"މިއީ އަދި އަހަރެންގެ މުސްތަގުބަލާ މެދު ވާހަކަ ދައްކަންވީ ވަގުތެއް ނޫން. އަހަރެން އަދި ޔަގީނެއް ނުކުރަން ޑެ ޔޮންގާ އެކު ބާސެލޯނާއަށް ދާކަށް ވެސް. އޭގެ ކުރިން ބަލަން ޖެހޭ ބައިވަރު ކަންކަން އެބަހުރި. އެކަން ކަމަށް ނުބަލާ އަދި ގޮތެއް ނިންމަން އަވަސް،" ޑެ ލީޙް ބުންޏެވެ.

އޭނާ ބުނީ އަޔެކްސްއާ އެކު މިހުރީ އުފަލުގައި ކަމަށެވެ. ފަސް އަހަރު ފަހުން ލީގު ކާމިޔާބު ކުރެވުމަކީ ލިބުނު ވަރަށް ބޮޑު ފަޙުރެއް ކަމަށެވެ.

"އިތުރަށް ބުނާނެ އެއްޗެއް ނެތް. ސަމާ ޓްރާންސްފާ ނިމުމުގެ ކުރިން ގޮތެއް ނިންމާނަން."

comment ކޮމެންޓް