އުރީދޫ ބަދިގެ: ޗިކަން ސްޓަފްޑް ރެޑް ޕެޕާސް

ސުއާދާގެ ފަރާތުން އުރީދޫ ބަދިގޭގައި މިއަދު ތައްޔާރުކުރާ ރެސިޕީއަކީ ޗިކަން ސްޓަފްޑް ރެޑް ޕެޕާސް އެވެ. ބަލާލާއިރު ނިކަން ރީތި އަދި ކާހިތްވާ ކަހަލަ ގޮތަކަށް ޕްލޭޓްކުރެވޭ މި ޑިޝްއަކީ ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ތައްޔާރު ކޮށްލެވޭނެ ރަހަމީރު ޑިޝްއެކެވެ.

ބޭނުންވާ ތަކެތި

2 ބޮޑު ބެލް ޕެޕާ (ރަތް ކުލައިގެ)

1 ކުޑަ ފިޔާ (ކުދިކޮށް ކޮށާފައި)

1 ސައި ސަމްސާ އިނގުރު (ކުދިކޮށް ކޮށާފައި)

1 ލޮނުމެދު (ކުދިކޮށް ކޮށާފައި)

1 ގިތެޔޮ މިރުސް (ކުދިކޮށް ކޮށާފައި)

1/2 ސައި ސަމްސާ ގަރަމް މަސާލާ

200 ގްރާމް މިންސްޑް ޗިކަން

1 މޭޒުމަތީ ސަމްސާ ކޮރިއާންޑާ

ލޮނު

އަސޭމިރުސް

ތެޔޮ

ތައްޔާރުކުރާނެ ގޮތް

އެންމެ ފުރަތަމަ 180 ޑިގްރީސްގައި އަވަން ޕްރީހީޓް ކުރަންޖައްސާލާށެވެ. އެއަށްފަހު ތެއްޔަކަށް ކުޑަ ތެޔޮކޮޅެއް އަޅާ ފިޔާ މީރުކޮށްލާށެވެ. ގިނި މަޑުކޮށްލުމަށްފަހު އިނގުރު، ލޮނުމެދު އަދި ގަރަމް މަސާލާ އެޅުމަށްފަހު ދެތިން މިނިޓް ކައްކާލާށެވެ. ދެން ކުކުޅުކޮޅު އަޅާލުމަށްފަހު 10-12 މިނިޓް ވަންދެން ކައްކާލާށެވެ. އެއަށްފަހު މިރުސްކޮޅާއި ކޮރިއަންޑާކޮޅު އެޅުމަށްފަހު އިތުރު ދެތިން މިނިޓް ކައްކާލާށެވެ.

ކުކުޅުކޮޅު ތައްޔާރުކޮށް ނިމުމުން އަވަން ޓްރޭގައި ކުޑަ ތެޔޮކޮޅެއް ހާކާލާށެވެ.އޭރުން ފިހެ ނިމުމުން ފަސޭހައިން ބެލް ޕެޕާނ ނެގޭނެއެވެ. އެއަށްފަހު ބެލް ޕެޕާގެ އޮށްތައް ނަގާލާށެވެ. އަދި ބެލް ޕެޕާގެ ތެރެއަށް ކުކުޅު އެޅުމަށްފަހު 15 މިނިޓް އާއި ވިހި މިނިޓް އަވަނުގައި ފިހެލާށެވެ.

ޓައިޓްލް ސްޕޮންސާ: އުރީދޫ މޯލްޑިވްސް
ލޮކޭޝަން ޕާޓްނަރ: ޓައިޑްސް ކެފޭ އެންޑް ބިސްޓްރޯ
ވީޑިއޯ އަދި އެޑިޓިންގް: ހުސައިން ޝަޔާހު ޝަފީގު، މުހައްމަދު ޝަފީއު، މުސްތަފާ މުހައްމަދު

comment ކޮމެންޓް