ސައިކަލެއް ކޮންޓްރޯލް ނުވެ އެއް އަހަރުގެ ކުއްޖެެއްގެ ބޮލަށް އަނިޔާވެއްޖެ

ސިނަމާލެ ބުރިޖު---ސަން ފައިލް ފޮޓޯ

މާލެއިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ އެއް އަހަރުގެ ކުއްޖެެއްގެ ބޮލަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ އެ އެކްސިޑެންޓްގައި އެ ކުޑަކުއްޖާގެ ކަނާތް ފަރާތުން ތިން އިންޗި ހުންނަވަރުގެ ތަންކޮޅެއް ކަފައިގެން ގޮސްފައިވާ ކަމަށާއި އަދި އޭނާގެ ސީޓީ ސްކޭންއެއް ހެދުަމަށް މިހާރު އޭޑީކޭގައި ފަރުވާ ދެމުންދާ ކަަމަށެވެ.

ފުލުހުން ބުނީީ އެ ހާދިސާގައި އެ ސައިކަލް ކޮންޓްރޯލް ނުވެގެން ގޮސް ހައިވޭގެ ރާޑަރު ކައިރިން ފެންސްގައި ޖެހުނު ކަމަށެވެ.

އެ ހާދިސާ ރިޕޯޓްކޮށްފައިވަނީ މިރޭ 06:44 ގައި ކަަމަށާއި އެ ސައިކަލް ދުއްވަންއިން 46 އަހަރުގެ ފިރިހެން މީހާގެ ދަތްދޮޅިއާއި ދެ ކަކޫ އަދި އުޅަނބޮށި މަށައިގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާ ހިނގިއިރު ދެމީހުންގެ ތިބީ ހެލްމެޓް އަޅައިގެން ކަމަށާއި ތުއްތު ކުއްޖާ ވެސް އިނީ ހެލްޓްވެސް އަޅައިގެން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ސައިކަލް ދުއްވި މީހާގެ އަތުގައި ލައިސަންސް އޮންނަ ކަމަަށެވެ.

comment ކޮމެންޓް