ދޯންޏަކާއި ބޯޓެއް އެކްސިޑެންޓްވެ މުދާތަކެއް ހަލާކުވެއްޖެ

މާލޭ ވިޔަފާރި ބަނދަރު -- ފޮޓޯ: ކަސްޓަމްސް

ވިޔަފާރި ބަނދަރުން ފިލާ ބަރުކޮށްގެން ނިކުތް ދޯންޏަކާއި އެ ސަރަހައްދުން ދަތުރުކޮށްފައި ދިޔަ ބޯޓެއް ޖެހި އެކްސިޑެންޓްވެ ބޯޓްގައި ހުރި މުދާތަކަކަށް ގެއްލުންވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު މެންދުރު 1:00 އެހާކަންހާއިރު މި އެކްސިޑެންޓް ހިނގީ މާލޭ ވިޔަފާރި ބަނދަރު އުތުރު ފަރާތު ނެރާ ދިމާލުން ކަނޑުމަތިން އެވެ. ފުލުހުން ބުނީ ނޯތް ހާބަރު ނޫނީ، "އަންނި ޖެޓީ" އިން ނިކުތް ބޯޓް ވިލިމާލެއާ ދިމާލަށް ދަތުރު ކުރަމުން ދަނިކޮށް، އެ އެކްސިޑެންޓް ހިނގީ މާލޭ ވިޔަފާރި ބަނދަރުން ފިލާ ބަރުކޮށްގެން ނިކުތް ދޯނި، ބޯޓްގެ ވާތް ފަރާތު ކަނުގައި ޖެހިގެން ކަމަށެވެ.

މި އެކްސިޑެންޓްގައި މީހަކަށް އަނިޔާއެއް ނުވި ނަމަވެސް، ބޯޓަށާއި ދޯންޏަށް އެކި ވަރުގެ ގެއްލުންވެ ބޯޓްގައި ހުރި މުދަލަށް ވަނީ ގެއްލުންވެފައި ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި، މައްސަލަ ބެލިއިރު އިހުމާލުވެފައި ވަނީ ދޯނި ދުއްވަން ހުރި ކައްޕި ކަމަށް ވާތީ، އޭނާގެ ލައިސަންސް މިހާރު ހިފަހައްޓާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ބޯޓް ދުއްވި މީހާއަކީ ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެކެވެ.

comment ކޮމެންޓް