އައިޖީއެމްއެޗް އެމެޖެންސީ ރޫމުގެ އޭސީތައް ހަދައި ނިމޭނީ މިމަހު ފަހުކޮޅު

އައިޖީއެމްއެޗް: އެ ހޮސްޕިޓަލުގެ އެމެޖެންސީ ރޫމުގެ އޭސީތައް ހެދޭނީ މިމަހު ފަހުކޮޅު -- ސަން ފައިލް ފޮޓޯ

ރާއްޖޭގެ މައި ހޮސްޕިޓަލު، އައިޖީއެމްއެޗްގެ އެމެޖެންސީ ރޫމްގެ އެއާކޮންޑިޝަން ސިސްޓަމް މަރާމާތުކޮށް ނިމޭނީ މިމަހު ފަހު ކޮޅު ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އަޖީއެމްއެޗްގެ އެމެޖެންސީ ރޫމުގެ ސެންޓްރަލް އޭސީ ސިސްޓަމަށް މަައްސަލައެއް ދިމާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ މީގެ ކުރިން ބުނެފައެވެ. މިދިޔަ މަހު އެ ހޮސްޕިޓަލުން ބުނި ގޮތުގައި ސިސްޓަމަށް ދިމާވެފައިވާ މައްސަލަ މަރާމާތު ކުރެވޭނީ މިމަހު ކުރީކޮޅު ކަމަށެވެ.

އައިޖީމްއެޗްގެ މީޑިއާ އޮފިޝަލް، މުހައްމަދު މުފީދު މިރޭ "ސަން" އަށް ވިދާޅުވީ، އިމަޖެންސީ ރޫމުގެ ސެންޓްރަލް އެއާކޮންޑިޝަން ސިސްޓަމް މިހާރު މަރާމާރާމާތު ކުރަމުންދާ ކަމަށާއި ސިސްޓަމް އެއްކޮށް ހަދައި ނިމެނީ މިމަހު ފަހު ކޮޅު ކަމަށެވެ. މާރާމަތު ކުރުން ލަސްވެގެން ދިޔައީ ސިސްޓަމް ހެދުމަށްޓަކައި ބޭރުން ގެންނަންޖެހޭ އާލާތެއް ގެނައުން ލަސް ވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"ބޭރުން ގެންނަ ކޫލިން ޓަވަރު އަޅުގަނޑުމެން އެކްސްޕެކްޓް ކުރި ތާރީހަށް ނައުމުން މަސައްކަތް ލަސްވީ. މިހާރު ކޫލިން ޓަވަރު ލިބި، މަސައްކަތް ކުރިއަށް ދަނީ،" މުފީދު ވިދާޅުވިއެވެ.

"މަސައްކަތް މި ކުރަނީ މިމަސް ނިމެންވާ އިރަށް [އެއާ ކޮންޑިޝަން ސިސްޓަމް] ހަދައި ނިންމަން،"

https://sun.mv/118444

މުފީދު ވިދާޅުވީ، އެއާކޮންޑިޝަން ހަލާކުވުމުގެ ސަބަބުން ސިސްޓަމްގެ ބޮޑު ބަޔެއް ބަދަލު ކުރަން ޖެހިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކުރިން ވެސް އެ ސިސްޓަމްގެ މައްސަލަ ޖެހޭ ކަމަށާއި އަބަދުވެސް ސިސްޓަމް އެވަގުތަށް މައްސަލަ ރަނގަޅު ކުރުމަށްފަހު، ބޭނުން ކުރަމުން އައި ކަމަށެވެ. ނަމަވެސް އެންމެ ފަހުން ސިސްޓަމް ހަލާކުވެ ބޮޑު ބަޔެއް ބަދަލު ކޮށްގެން ނޫނީ ބޭނުން ނުކުރެވޭ ވަރުވީ ކަމަށް މުފީދު ވިދާޅުވިއެވެ.

ރާއްޖޭގެ ސިއްހީ ދާއިރާއަށް މިއަދުގެ ސަރުކާރުން އިހުމާލުވެފައިވާ ކަމަށް ބުނެ އިދިކޮޅު މައި ޕާޓީ، ޕީޕީއެމް އިން މިރޭ ވަނީ ބަޔާނެއް ނެރެފައެވެ. ބާޔާނުގައި ބުނީ، އައިޖީއެމްއެޗްގެ ހާލަތު ދަށްވެ، ރައްޔިތުންގެ ފުރާނަށް އަށް ނުރައްކާވާ ދަރަޖައަށް ގޮސްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެ ޕާޓީން ވަނީ ކަންބޮޑު ވުން ފާޅުކޮށްފައެވެ.

https://sun.mv/119196

comment ކޮމެންޓް