އައްޑޫއިން ރުއްގަސް ނަގަން ހުއްދަ ދިނީ އަލުން އިންދަން ޝަރުތުކޮށް

ސިޓީ ސްކެއާ ތަރައްގީކުރަން ގިނަ އަދަދެއްގެ ރުއްތައް ކަނޑާލައިފައި-- ފޮޓޯ: އައްޑޫލައިވް

އައްޑޫ ސިޓީގެ ހިތަދޫން ރުއްގަސް ނަގަން ދިނީ ރުއްތަށް އަލުން އިންދާ މަތިން ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ބުނެފިއެވެ.

ހިތަދޫން ގިނަ އަދަދެއްގެ ރުއްތައް ކަނޑާލީ އެތަނުގައި ސިޓީ ސްކެއާއެއް ތަރައްގީ ކުރުމުގެ ގޮތުންނެވެ. އެތަނުން ގިނަ އަދަދެއްގެ ރުއްތައް ކަނޑާލުމުން ގިނަ ބަޔަކު ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.

"އަޅުގަނޑުމެން އާންމުންނަށް ޔަގީންކޮށްދެން ރުއްތަން ނަގަން ޝަރުތުކުރި ކަންތައްތައް ކުރަމުންދާ ކަން ބަލާނެ ކަމުގެ" އިޕީއޭއިން ބުންޏެވެ.

އައްޑޫ ސިޓީން ރުއްތައް ނަގަން ހުއްދަ ދިންއިރު، ދާދި ފަހުން ފަރެސްމާތޮޑާ އެއާޕޯޓު އަޅަން ހިއްކާ ފަސް ރަށުން އެނބޫދޫ ފަޅަށް ރުއްގަސް ގެންދަން އެންޔަވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ވަނީ ހުއްދަ ދީފި އެވެ.

މީގެ ކުރިން މީހުން ދިރިއުޅޭ ރަށްތަކުން ރުއްގަސް ނަގައިގެން ގެންދިޔަ މައްސަލަތައްވެސް ފެންމަތިވެފައިވެއެވެ. އޭގެ ތެރޭގައި ތޮއްޑޫ އަދި ކާށިދޫއިން ރުއްގަސް ކެނޑި މައްސަލަ ފާހަގަކޮށްލެވެއެވެ.

ދާދި ފަހުން އެންވަޔަރަމެންޓް މިނިސްޓްރީއިން ވަނީ ރުއްގަސް ނެގުމާއި ކެނޑުމުގެ އާ ގަވައިދެއް އެކުލަވާލާފައެވެ. އެ ގަވައިދުން ރުއްގަސް ނެގޭނެ ގޮތްތައް ހަނި ނުކުރާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރެއެވެ. އަދި އެ ގަވައިދަށް ހިޔާލު ހުށަހަޅަން ހުޅުވާލި މުއްދަތުގައި ރުއްގަސް ނެގޭނެ ގޮތްތައް ހަނި ކުރަން ބައެއް އާންމުން ވަނީ ހިޔާލު ހުށަހަޅައިފަ އެވެ.

comment ކޮމެންޓް