"ކަބީރު ސިންހް"ގެ ޓްރެއިލާ ނެރެފި

ކަބީރު ސިންހްގެ މަންޒަރެއް---

ހުނަރުވެރި އެކްޓަރު ޝާހިދު ކަޕޫރުގެ ކުރިއަށް އޮތް ފިލްމު 'ކަބީރު ސިންހް"ގެ ޓްރެއިލާ އާންމުކޮށްފިއެވެ.

ކިއާރާ އަދުވާނީ އަންހެން ލީޑުން ފެނިގެންދާ އެ ފިލްމަކީ ޝާހިދުގެ ވަރަށް ތަފާތު ފިލްމެކެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހި ދިރިއުޅުން ކަޑައްތު ކުރަމުން އަންނަ މަންޒަރު ފިލްމުގެ ޓްރެއިލާއިން ދައްކުވައިދެއެވެ.

މަސްތުވާތަކެތީގެ މައި ދޮރަށް ޝާހިދު ވަންނަން މަޖުބޫރުކުރިވި ކަންތައްވެސް ފިލްމުގެ ޓްރެއިލާއިން ދައްކުވައިދީފައިވެއެވެ.

ފިލްމުގައި ޝާހިދު ފެނިގެންދާނީ މެޑިކަލް ސްޓުޑެންޓެއްގެ ރޯލުންނެވެ. އެ ފިލްމު ކުޅުމަށް ޝާހިދު ވަނީ 14 ކިލޯ ލުއިކޮށްފައެވެ.

ޝާހިދު އެންމެ ފަހުން ކޮލެޖު ދަރިވަރެއްގެ ގޮތުގައި ފެނިގެން ދިޔައީ 2003 ވަނަ އަހަރު ރިލީޒްކުރި ފިލްމު 'އިޝްޤް ވިޝްކް' ގައެވެ. އެއީ އޭނާގެ ފުރަތަމަ ފިލްމެވެ.

ފިލްމުގެ ފުރަތަމަ ބައިގައި ޝާހިދު ހިކިކޮށް ފެންނަ ނަމަވެސް، ފަހު ކޮޅަށް ދާއިރު އޭނާ އަކީ މަސްތުވެ، އަމިއްލަ ނަފްސަށް ގެއްލުންދޭ މީހަކަށް މުޅިން ބަދަލުވެ އެވެ. އަދި ހަށިގަނޑު ބިޔަކޮށް، މީހާ ފަލަ ކުރަން ޖެހުނެވެ.

'ކަބީރް ސިންހް' އަކީ ކާމިޔާބު ތެލުގޫ ފިލްމު 'އަރްޖުން ރެއްޑީ'ގެ ރީމޭކް އެކެވެ. ފިލްމުގައި ފެނިގެން ދާނީ އަންހެން ކުއްޖެއްގެ ލޯބީގައި ޖެހި، އެކުއްޖާ ބޭވަފާތެރިވުމުން ކާމިޔާބު ޑޮކްޓަރެއްގެ ދިރިއުޅުން ބަނަވެގެންދާ ގޮތެވެ.

ފިލްމު ރިލީޒްކުރާނީ އަންނަ މަހުގެ 21 ވަނަ ދުވަހުއެވެ.

comment ކޮމެންޓް