ތިމަރަފުށީގައި އެކްސިޑެންޓްވި އަންހެން މީހާ ލަންކާގައި ނިޔާވެއްޖެ

ތިމަރަފުށީގެ އަންހެނެއްގެ ގައިގައި ޖެހުނު ވޭން

ތިމަރަފުށީގައި އެކްސިޑެންޓްވި އަންހެން މީހާ މިރޭ ލަންކާގައި ނިޔާވެއްޖެ ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އެ ފަރާތުން މައުލޫމާތު ދޭ ގޮތުގައި އެމީހާ ނިޔާވެފައި ވަނީ މިރޭ 01:20 ގައެވެ. އޭނާ ނިޔާވެފައި ވަނީ އެކްސިޑެންޓުގެ ސަބަބުން ލިބުނު ހާނިކަތަކަށް ލަންކާގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. އަދި މި ހުރިހާ ދުވަހު އޭނާ އޮތީ ކޯމާއެއްގައެވެ.

މި އެކްސިޑެންޓުގެ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށް ފަހު ތ. އަތޮޅު ޕީޖީ ގޮތްޕާ ހަވާލުކޮށްފައިވާ ކަމަށާއި މި މައްސަލައިގައި ދައުވާކުރުމުގެ ބައި ކުރިޔަށް ދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު