15 އަހަރުގެ ކުއްޖަކު ވިހެއި ދަރިފުޅު ނިޔާވެއްޖެ

ޝަހީދު ހުސައިން އާދަމް ބިލްޑިން ---- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ރާއްޖޭގެ ރަށެއްގައި 15 އަހަރުގެ އަންހެން ކުއްޖަކު ވިހެއި ދަރިފުޅު މަރުވެއްޖެއެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 7:10 އެހައިކަންހާއިރު ކަމަށެވެ. އެ ހާދިސާ ހިނގީ ކޮން ރަށެއްގައި ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ސަން" އަށް ވިދާޅުވީ އެ މައްސަލައިގައި ހިމެނެނީ ކުޑަ ކުއްޖަކަށް ވެފައި އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާތީ އެ އަންހެން ކުއްޖާގެ މައުލޫމާތު ރަށް ހިމެނޭގޮތަށް ހާމަ ނުކުރުމަކީ އެ މުއައްސަސާގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

މިއީ މިއަހަރުގެ ތެރޭގައި ހިނގި މިފަދަ ފުރަތަމަ ހާދިސާއެވެ.

ނޯޓް: 15 އަހަރުގެ އަންހެން ކުއްޖާ ވެސް މަރުވެފައިވާ ކަމަށް ކުރިން ރިޕޯޓު ކުރެވުނީ، މި ޚަބަރަށް މައުލޫމާތު ނެގި އިބާރާތް މާނަކުރުމުގައި އެރި އޮޅުމެއްގެ ސަބަބުންނެވެ. ވީމާ، ކިޔުންތެރިންގެ ކިބައިން މިކަމަށް މައާފަށް އެދެެމެވެ.

comment ކޮމެންޓް