"ސްޓޫޑެންޓް އޮފް ދަ އިޔާ 2" ލީކުކޮށްލައިފި

ސްޓޫޑެންޓް އޮފް ދަ އިޔާ 2 އިން ފެނިގެންދާނި ތިން ލީޑުން---

ދެ ހާސް ބާރަ ވަނަ އަހަރު ރިލީޒްކުރި ކަރަން ޖޯހަރުގެ ކާމިޔާބު ފިލްމު، 'ސްޓޫޑެންޓް އޮފް ދަ އިޔާ'ގެ ދެވަނަ ބައި 'ސްޓޫޑެންޓް އޮފް ދަ އިޔާ 2' ލީކުކޮށްލައިފި އެވެ.

މިދިޔަ ހުކުރު ދުވަހު ސިނަމާތަކަށް ގެނައި އެ ފިލްމު ލީކްކޮށްލީ ފަހަކަށް އައިސް ފިލްތައް ލީކުކުރަމުން އަންނަ "ތަމިލްރޮކާޒް" ކިޔާ ބައެކެވެ.

ދެ ދުވަހުގެ ތެރޭގައި އެފިލްމަށް 26 ކުރޯޑުގެ އާމްދަނީއެއް ލިބިފައިވާ އިރު ކްރިޓީކް ތަރަން އާދަޝްކުރި ޓްވީޓެއްގައި ބުނީ ފިލްމުގެ ފެށުމަށް ރަނގަޅު އާމްދަނީއެއް ލިބުނު ކަމަށެވެ.

ނަމަވެސް ފިލްމު ލީކުކޮށްލުމާ ގުޅިގެން އެ ފިލްމުގެ ވިޔަފާރިއަށް ބުރޫ އަރާނެ ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ބުންޏެވެ.

އެ ފިލްމުގެ ޑައިރެކްޓަރަކީ ޕުނީތު މަލޯތުރާ އެވެ. އަދި އެ ފިލްމަކީ ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަންސް އިން ގެނެސްދޭ ފިލްމެކެވެ.

ފިލްމުގެ ލީޑު ރޯލުން ފެނިގެން ގޮސްފައި ވަނީ އަންހެން ދެ ލީޑެވެ. ބޮލީވުޑަށް މުޅިން އަލަށް ތައާރަފްވާ ދެ ލީޑަކީ ތާރާ ސުޓަރިއާ އަދި އަނަންޔާ ޕަންޑޭ އެވެ.

ދެ ހާސް ބާރަ ވަނަ އަހަރު ނުކުތް ފިލްމު ސްޓޫޑެންޓް އޮފް ދަ އިޔާގައި ހަރަކާތްތެރިވެފައި ވަނީ އާލިއާ ބަޓް، ވަރުން ދަވަން އަދި ސިދާތު މަލްހޯތުރާ އެވެ. އެ ތިން ތަރިންނަކީ ވެސް އެ ފިލްމުން ބޮލީވުޑަށް ތައާރަފް ވި ތިން ތަރިންނެވެ.

comment ކޮމެންޓް