މާލޭގައި ދުއްވާ އުޅަނދުތައް ލިމިޓް ކުރަނީ

މާލޭގެ މަގެއްގެ މަތި:-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގައި ދުއްވާ އުޅަނދުތައް ލިމިޓްކުރަން ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ މާލޭގައި ދުއްވާ އުޅަނދުތައް ލިމިޓް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

" ޓްރާންސްޕޯޓް މިނިސްޓްރީއާއި، ފުލުހުންނާއި އަދި ރައީސް އޮފީސްއާއެކު ގިނަ މަސައްކަތްތަކެއް އެބަ ކުރެވޭ. އަޅުގަނޑުމެން އެންމެންވެސް މަސައްކަތް މި ކުރަނީ މާލެ އަކި ދިރިއުޅެން ފަސޭހަ ފެހި ތަނަކަށް ހަދަން" ޝަމާއު ވިދާޅުވިއެވެ.

ފަހަކަށް އައިސް މާލޭގެ މަގުތަކުގައި ވެހިކަލްތައް ގިނަވުމުގެ ސަބަބުން ހިނގާ މީހުންނަށާ އުޅަނދުތައް ދުއްވުމުގައިވެސް ވަނީ ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފައެވެ.

އޭގެ އިތުރުން މާލޭގައި ޕާކް ކުރުމުގެ އުނދަގޫވެސް އިންތިހާއަށް ވަނީ ކުރިމަތިވެފައެވެ.

މާލޭގައި ދުއްވާ އުޅަނދުތައް ގިނަވުމުގެ ސަބަބުން ޕާކްކުރާނެ އާ ޕާކިން ޒޯންތައްވެސް މާލޭ ސިޓީއިން ފަހަކަށް އައިސް ދަނީ ކުރަމުންނެވެ،

comment ކޮމެންޓް