ގަވާއިދާ ހިލާފަށް އެއްވެސް މުވައްޒަފަކު ވަތްކެއް ނުކުރަން: ވިލާއެއާ

ވިލާއެއާގެ ފްލައިމީ ބޯޓެއް: ގަވާއިދާ ހިލާފަށް އެއްވެސް މުވައްޒަފަކު ވައްކެއް ނުކުރާ ކަމަށް އެ ކުންފުނިން ބުނޭ ---- ފައިލް ފޮޓޯ

ގަވައިދާ ހިލާފަށް ކުންފުނީގެ އެއްވެސް މުވައްޒިފަކު ވަކިކޮށްފައި ނުވާނެ ކަމަށް ވިލާ އެއާ އިން ބުނެފި އެވެ.

ވިލާ އެއާގެ ސީނިއާ މުވަޒިފަކު ވަކި ކުރި ކަމަށް ބުނަ ސިޔާސީ ޕާޓީ އަކާ ހަވާލާދީ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

އެކަމާ ގުޅިގެން އިއްޔެ ވިލާއެއާ އިން ނެރުނު ބަޔާނުގައި ބުނީ، އެ ކުންފުނީގެ ބަހެއް ހޯދުމަކާ ނުލައި، ހަމައެކަނި ސިޔާސީ ޕާޓީއަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެކެވުނު ވާހަކަތަކާ ހަވާލާދީ ކުންފުނީގެ ސީނިއާ މުވައްޒަފަކު ގަވައިދާ ހިލާފަށް ވަކިކޮށްފައިވާ ކަމަށް ލިޔުއްވުމަކީ ހަގީގަތް އޮޅޭ ގޮތަށް ލިޔުއްވާފައިވާ ހަބަރެއް ކަމަށެވެ.

""ގަވައިދާ އަދި އެއްބަސްވުމާއި ހިލާފަށް ވިލާއެއާ އިން ސިނިއާ މުވައްޒިފަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އެއްވެސް އިދާރާއަކުން މިހާތަނަށް ނިންމާފައި ނުވޭ. ވަޒީފާ އިން ވަކިކޮށްފައިވާ މުވައްޒިފަކު ވަޒީފާއާ ބެހޭ ޓްރިބިއުނަލަށް މައްސަލަ ހުށަހެޅުމަކީ އެ މުވައްޒިފަކު ވަކިކޮށްފައިވަނީ ގަވައިދާ ހިލާފަށް ކަމަށް ނިންމުމެއް ނޫން،" ވިލާއެއާ އިން ނެރުނު ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި ބުނީ، އެ ކުންފުންޏަކީ ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ ކުންފުންޏަކަށް ވުމާއި އެކު އެ ހިދުމަތުގައި މަސައްކަތް ކުރާ ކޮންމެ މުވައްޒިފެއްގެ ފަރާތުން ރައްކާތެރި ފެންވަރު ރަގަޅު ހިދުމަތެއް ދަތުރުވެރިންނަށް ލިބުމަކީ އެކުންފުނިން އެންމެ އިސްކަންދޭ ކަންތައް ކަމަށެވެ. އެގޮތުގެ މަތިން މަދު ހާލަތެއްގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ޖެހުނު ނަމަވެސް، އެ މުވައްޒަފަކު ވަކިކޮށްފައި ވާނީ ޤާނޫނާ ގަވާއިދުތަކާ އަދި ވަޒީފާގެ އެއްބަސްވުމާއި އެއްގޮތްވާގޮތުގެމަތީން އެންމެހާ އިޖުރާޢަތްތަކެއް ފުރިހަމަކުރުމާއެކު އެ މުވައްޒަފަކަށް ލިބިދޭ އެންމެހާ ޙައްޤުތަކެއް ކަށަވަރު ކުރުމަށް ފަހުގައި ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

comment ކޮމެންޓް